އުމުުރުން ދުވަސްވީ މީހުންގެ އިނާޔަތް ޖިންސީ ގޯނާކުރާނަަމަ ކަނޑާާލާ: ރާއީ

19 Jan 2020 | 21:20

އުމުުުރުން ދުވަސްވީ މީހުންނަށްދޭ އިނާޔަތް، ޖިންސީ ގޯނާގެ މައްސަލަތައް ސާބިތުވާާ މީހުންނަށް ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ގޮވާލައިފިއެވެ.

ރާއީ މިފަދައިން ގޮވާލައްވާފައިވަނީ ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެބޭފުޅާ ފާހަގަކުރެއްވީ މީސް މީޑިޔާ ދައުރުވަމުންދާާ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ ފަރާތްތަކުގެ ލިސްޓްގައި ގިނަ އަދަދަކަށް 70އަހަރުން މަތީގެ ފަރާތްތައް ތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ރާއީ ވިދާޅުވީ އެފަރާތްތަކުން ކޮށްފައިވާ ކުށަކީ ކުޑަކުށެއް ނޫންކަމަށާއި ސަރުކާރުން އެފަރާތްތަކަށްދޭ 5000 ރުފިޔާގެ އިނާޔަތް ދިނުމަށް ނޭދޭކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެފަރާތްތަކަށް އިނާޔަތް ނުލިބޭނެގޮތެއް ހެދުމަށް ބޭނުންވެ ވަޑައިގަންނަވާކަމަށް ރާއީ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް