އިިިދިކޮޅުން ރާއްޖޭގެ ދެ އަތޮޅަކަށް ދަތުރު ފަށައިިފި

20 Jan 2020 | 05:34

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރާއްޖޭގެ ދެ އަތޮޅަކަށް ދަތުރުތަކެއް ފަށައިފިއެވެ.

ޕީޕީއެމް އަދި ޕީއެންސީގެ ވަފުދުތަކުން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ ށ.އަތޮޅާއި ކ.އަތޮޅަށެވެ.

މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ށ.އަތޮޅަށް ކުރާ ދަތުރު ފެށިފައިވަނީ އިއްޔެެކަމަށެވެ. މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް ކުރާ މި ދަތުރުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް އިދިކޮޅު ކޯލިޝަންގެ ވަފުދުން ޒިޔާރަތްކުރާނެއެވެ. މި ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އަދި މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދެވެ.

މީގެ އިތުރުން މި ވަފްދުގައި ޕީޕީއެމް އަދި ޕީއެންސީގެ އެހެނިހެން އިސްވެރިން ހިމެނިވަަޑައިގަންނަވާނެކަމަށް ހީނާ ވިދާޅުވިއެވެ.

އެ ޕާާޓީން ކ.އަތޮޅަށް ކުރާ ދަތުރުގައި އިސްކޮށް ބައިވެރިވެ ވަޑައިގަންނަވަނީ ޕީއެންސީގެ ނައިބު ރައީސް އަހުމަދު ނިމާލް އަދި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްލަތީފެވެ.

މިއީ ކައުންސިލް އިންތިޚާބާއި ދިމާކޮށް ރައްޔިތުންނާާއި ބައްދަލުކުރުމަށް ސިލްސިލާކޮށް ކުރާ ދަތުރުތަކެއްކަމަށް އިދިކޮޅު ކޯލިޝަނުން މައުލޫމާތުދެއެވެ.

Advertisement

ކޮމެންޓް