އައިއޭސީގެ ވިންޓަރ ޕްރޮޖެކްޓަށް އެހީވުމުގެ މުއްދަތު އިތުރުކޮށްފި

20 Jan 2020 | 21:54

ސާވައިވިން ވިންޓާގެ ނަމުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ހިންގާ ކެމްޕެއިންގެ މުއްދަތު 5 ފެބްރުއަރީ 2020 ހަމައަށް އިތުރުކޮށްފިއެވެ.

 އައިއޭސީގެ ފަރާތުން މަޢުލޫމާތު ދެއްވިގޮތުގައި ކުރިން މި ޕްރޮޖެކްޓްގެ ފަރާތުން އެހީތެރިކަން ބަލައިގަތުމަށް ކަނޑައަޅާފައިވަނީ 15 ޖަނަވަރީ 2020 ވަނަ ދުވަހާ ހަމައަށެވެ.

ވީމާ ވީހާވެސް ގިނަ ބަޔަކު ވީ މިންވަރަކުން މި ޕޮރޮޖެކްޓަށް އެހީތެރިކަން ފޯރުކޮށްދީ ހާލުގައި ޖެހިފައިވާ އުންމަތުގެ އަޚުންނާއި އުޚްތުންގެ ޙާޖަތްތަށް ފުއްދައިދިނުމަކީ އައިއޭސީގެ ވަރަށް ބޮޑު އެދުމެއްކަމުގައި މި ހަރަކާތުގެ އިސްފަރާތްތަކުން މަޢުލޫމާތުދެއްވައެވެ.

މި ކެމްޕެއިންގެ ދަށުން ގާޒާގެ އަޚުންނާއި އުޚްތުންނަށް މިހާރުވަނީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. މި އެހީ ގާޒާގެ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީފައިވަނީ ތުރުކީގައި ރެޖިސްޓަރކޮށްގެން ހިންގަމުން އަންނަ އެންޖިއޯއެއްކަމުގައިވާ PICO ( ޕަލަސްޓީނިއަން އިންޓަނޭޝަނަލް ޗެރިޓަބަލް އޯގަނައިޒޭޝަން ) އެހީތެރިކަމާއެކުއެވެ. އައިއޭސީގެ މި ޕްރޮޖެކްޓަށް އެހީތެރިކަން ލިބެމުންއަންނަ ވަރަކަށް ފަލަސްތީން، ޔަމަން، ސީރިއާ، ރޮހިންޏާ އަދި ބަންގްލަދޭޝްއަށް އެހީތެރިކަން ފޯރުކޮށްދޭގޮތަށްވަނީ ހަމަޖެހިފައެވެ.

ފިނިމޫސުމުގެ އެންމެ ފިނި ދުވަސްތައް މިހާރު އަންނަނީ ކުރިމަތިވަމުންނެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ އެތައް ބައެއްވަނީ ވަންނާނެ ގެދޮރެއް، ލާނެ އަންނައުނެއް އަދި ފިނިން ސަލާމަތްވާނެ ގޮތެއްނެތި އެތަކެއް ވޭންތަކެއް ތަޙައްމަލުކުރަމުންނެވެ. ހަނގުރާމައިގެ ސަބަބުންނާއި ޤުދުރަތީ ކާރިޘާތަކުގެ ސަބަބުން ބިކަވެ އެކަނިވެރިވެފައިވާ ފަރާތްތަކަކީވެސް އަހަރެމެންފަދަ އިންސާނުންނެވެ.

މިފަދަ މީހުންނާއި އެބައިމީހުންގެ ދަރީން މިއަދު ގޮވަމުންދަނީ އަހަރެމެންގެ ދީލަތި އެހީތެރިކަމަށެވެ.

Advertisement

ކޮމެންޓް