ވެލިބަރުކޮށްގެން ދިޔަ ރަސްގެތީމުގެ ދޯންޏެއް ދިޔަވެއްޖެ

20 Jan 2020 | 20:06

ވެލިބަރުކޮށްގެން ރ.ރަސްގެތީމަށް ދަތުރުކުރި އެރަށުގެ ދޯންޏެއް ދިޔަވެއްޖެއެވެ.

ފުލުހުން ބުނީ އެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 11:45 ހާއިރު ކަމަށާއި، ފުލުހުން އެ ސަރަހައްދަށްގޮސް ދޯނީގައި ތިބި މީހުން ސަލާމަތްކުރިކަމަށެވެ.

މި ދޯނީގައި އެވަގުތު ތިބީ ހަތަރު މީހުންނެވެ. ފުލުހުން ދަނީ މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުންނެވެ.

އެނގިފައިވާ ގޮތުގައި ދިޔަވެފައިވަނީ ގޮސްފައިވަނީ ޚަޒާނާ ކިޔާ ދޯންޏެކެވެ.

Advertisement

ކޮމެންޓް