ސީޕްލޭން ޓާމިނަލްގެ މައްސަލައާއި ގުޅިގެން މުވައްޒަފަކު ވަކިނުކުރަން: އެމްއޭސީއެލް

20 Jan 2020 | 21:57

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި އަލަށް ތަރައްގީކުރަމުންދާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާއި ދެކޮޅު ހެދި ކުންފުނީގެ ދެ މުވައްޒަފަކު މަގާމުން ވަކިކޮށްފައި ނުވާނެކަމަށް އެއާޕޯޓް ހިންގާ އެމްއޭސީއެލްއިން ބުނެފިއެވެ.

އެކުންފުނިން މިހެން ބުނެފައިވަނީ ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާއި ދެކޮޅުހެދި އިސް ދެ މުވައްޒަފަކު ވަކިކުރިކަމަށްބުނެ، މިހާރު ނޫހުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ. 

އެ ނޫހުން ބުނީ އެމްއޭސީއެލްއިން ވަކިކޮށްފައިވަނީ  ޑެޕިއުޓީ ޗީފް، ފައިނޭންޝަލް އޮފިސަރު ހާމިދު ރިޒާ އާއި ޖެނެރަލް މެނޭޖަރ ކޮމާޝަލް، މުޖުތަބާ ލަތީފެވެ. 

މި ޚަބަރަށް ރައްދުދީ އެމްއޭސީއެލްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސީޕްލޭންގެ މައްސަލައާއި ގުޅިގެން އެއްވެސް މުވައްޒަފަކު ވަކިކޮށްފައި ނުވާނެކަމަށާއި، މުވައްޒަފުން ވަކިކުރަނީ ވަރަށް މަދުން ކަމަށާއި އެފަދަ ފަހަރުތަކުގައިވެސް ވަކިކުރަނީ ރަނގަޅު ސަބަބަކާއި އެކުގައި ކަމަށެވެ.

އެ ނޫހުން ވަނީ މިހާރު ނޫހުގެ ކިބައިން ދޮގު ޚަބަރު ފެތުރުން ހުއްޓާލައި، ޒިންމާދާރުވުމަށް އެދިފައެވެ.

Advertisement

ކޮމެންޓް