ޣައްޒާގެ ފަރާތްތަކަށް ދިވެހިން ފޯރުކޮށްދިން ފިނި ހެދުންތައް ބަހައިފި

21 Jan 2020 | 11:35

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ހިންގާ "ސަވައިވިންގ ވިންޓަރ" ކެމްޕެއިނަށް ދިވެހިން ހަދިޔާ ކުރި ފައިސާއިން ޣައްޒާގެ ފަރާތްތަކަށް ފިނިހެދުން ފޯރުކޮށްދީފިއެވެ.

ވޮއިސްއަށް މައުލޫމާތުދެއްވި އައިއޭސީގެ އޮފިޝަލަކު ވިދާޅުވީ ޣައްޒާގެ ފަރާތްތަކަށް މި ފިނިހެދުން ފޯރުކޮށްދީފައިވަނީ ރަހްމާ ވޯލްޑްވައިޑް ކިޔާ ޖަމްއިއްޔާއެއްގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ.

އެ އޮފިޝަލް ވަނީ ޣައްޒާގެ އިތުރުން އެހެނިހެން ސަރަހައްދުތަކުގައިވެސް ވަރަށް އަވަހަށް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފިނިހެދުން ބަހާނެކަމަށް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ކެމްޕެއިންގެ މުއްދަތު 5 ފެބްރުއަރީ 2020 ހަމައަށް ވަނީ އިތުރުކޮށްފައެވެ. 

އައިއޭސީގެ ފަރާތުން މަޢުލޫމާތު ދެއްވިގޮތުގައި ކުރިން މި ޕްރޮޖެކްޓްގެ ފަރާތުން އެހީތެރިކަން ބަލައިގަތުމަށް ކަނޑައަޅާފައިވަނީ 15 ޖަނަވަރީ 2020 ވަނަ ދުވަހާ ހަމައަށެވެ.

ވީމާ ވީހާވެސް ގިނަ ބަޔަކު ވީ މިންވަރަކުން މި ޕޮރޮޖެކްޓަށް އެހީތެރިކަން ފޯރުކޮށްދީ ހާލުގައި ޖެހިފައިވާ އުންމަތުގެ އަޚުންނާއި އުޚްތުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އައިއޭސީގެ ވަރަށް ބޮޑު އެދުމެއްކަމުގައި މި ހަރަކާތުގެ އިސްފަރާތްތަކުން މަޢުލޫމާތުދެއްވައެވެ.

Advertisement

ކޮމެންޓް

Advertisement