އަންހެންކުދިން ޚިތާނުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން: އަމީން

22 Jan 2020 | 19:53

އަންހެނުން ޚިތާން ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއްނޫންކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ އަންހެންކުދިން ޚިތާނުކުރުމާއި ބެހޭގޮތުން ދީނީ ލަފައެއް ހޯދުމަށް އެޗްޕީއޭއިން އިސްލާމިކް މިނިސްޓްރީގެ ކިބައިން އެދިފައިވާ ސިޓީ ބާތިލްކުރުމަށް ނެރުއްވި އިންޓާނަލް މެމޯއެއްގައެވެ. 

އެބޭފުޅާ ވިދާޅުވީ އަންހެނުން ޚިތާން ކުރުމަކީ ސަރުކާރުގެ ސިޔާސަތެއްނޫންކަމަށާއި އަދި އެއީ އެކަމަކަށް ހިތްވަރުވެސް ދޭނެކަމެއް ނޫންކަމަށެވެ.

"މިކަމުގައި ލަފައެއް ހޯދަންޖެހޭ ހާލަތެއް އޮތްކަމަކަށް ނުދެކެން"، އަމީން ވިދާޅުވިއެވެ.

ރޭގެ ވަގުތެއްގައި މީސް މީޑިޔާގައިވަނީ އަންހެންކުދިން ޚިތާނުކުރުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައުޔުއަކަށް އެދިފައިވާ ސިޓީއެއް އާންމުވެފައެވެ. މި ސިޓީ ފޮނުވާފައިވަނީ މިމަހުގެ 5ވަނަ ދުވަހުގައެވެ.

މިކަމާއި ގުޅިގެން މީޑިޔާތަކަށް މައުލޫމާތުދެމުން އިސްލާމިކް މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެކަމާއި ގުޅޭގޮތުން ރައުޔުއަކަށް އެދުނީ އެޗްޕީއޭއިން އެކަމާއި ގުޅޭ ލަފަަޔަކަށް އެދުމުންނެވެ.

މި ސިޓީއަށް މިހާތަނަށް ޖަވާބެއް ލިބިފައިނުވާކަަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ސިއްހަތާއި ގުޅޭ ކަންކަމާއި ގުޅޭގޮތުން ދީނީ ރައުޔު ހޯދުމަށް އެކި އިދާރާތަކުން އިސްލާމިކް މިނިސްޓްރީގެ ކިބައިން އެދިފައިވެއެވެ. 

Advertisement

ކޮމެންޓް

Advertisement