ލޯންޗެއް ބަންޑުން ޖަހާލައި ދިވެއްސަކު ނިޔާވެއްޖެ

22 Jan 2020 | 20:52

ނޮކް މޯލްޑިވްސް އައިލޭންޑް ރިސޯޓަށް ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުންދަނިކޮށް ލޯންޗެއް ބަންޑުން ޖަހާލައި ދިވެއްސަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި ލޯންޗް އެ ރިސޯޓްގެ ނެރުމައްޗަށް ބަންޑުން ޖަހާލިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 17:48 ހާއިރެވެ. މި ލޯންޗުން ދަތުރުކުރީ ޖުމްލަ ހަތް މީހުންނެވެ. އެއީ ނިޔާވި ފިރިހެންމީހާގެ އިތުރުން ހަތަރު ފަޅުވެރިންނާާއި، ދެ ފަތުރުވެރިންނެވެ.

މި މީހާ ނިޔާވެފައިވަނީ ގިނަ އަދަދަކަށް ލޮނުުބޮވުމުގެ ސަބަބުން ނ.މަނަދޫ ހެލްތް ސެންޓަރަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް، މިރޭ 19:50 ހާއިރުއެވެ.

Advertisement

ކޮމެންޓް