Advertisement

ޑޮކްޓަރަށް ދައްކަން ގެންދިޔަ ގައިދީއަކު ފިލައިފި

23 Jan 2020 | 11:50

އައިޖީއެމްއެޗްއަށް ޑޮކްޓަރަށް ދެއްކުމަށް ގެންދިޔަ ގައިދީއަކު ހޮސްޕިޓަލްގެ ތެރެއިން ފިލައިފިއެވެ.

މިކަން ކަރެކްޝަނަލް ސާރވިސްއިން ވަނީ މީޑިޔާތަަކަށް ކަށަވަރުކޮށްދީފައެވެ.

ކަރެކްޝަންސްގެ މީީޑިޔާ އޮފިޝަލް ވިދާޅުވީ ފިލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއެއް ކަމަށެވެ. މި ގައިދީ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޖަލުން ފިލާފައިވާ ގައިދީއަކީ ގދ.ރަތަފަންދޫއަށް ނިސްބަތްވާ އުމުރުން 24އަހަރުގެ އައިސަރު ނަސީމްކަމަށް ކަރެކްޝަންސްއިން ވަނީ ހާމަކޮށްފައެވެ. 

Advertisement

ކޮމެންޓް

Advertisement