Advertisement

މިދިޔަ އަހަރު ކޮރަޕްޝަންގެ ލިސްޓްގައި ރާއްޖޭގެ ކޮރަޕްޝަން އިތުރުވުމުން ހަ ދަރަޖަ ފަހަތަށް ވެއްޓިއްޖެ

03 Feb 2020 | 17:02

ދުނިޔޭގެ ކޮރަޕްޝަންގެ އިންޑެކްސްގެ ލިސްޓުގައި ރާއްޖެ ހަ ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.

ދުނިޔޭގެ 180 ގައުމުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރު ދެނެގަތުމަށްޓަކައި ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ހެދި ދިރާސާއިން ދެއްކި ގޮތުގައި މިދިޔަ އަހަރު ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއަށް ލިބުނީ 29 ޕޮއިންޓެވެ.

2018 ވަނަ އަހަރު ރާއްޖެ އޮތީ އެލިސްޓްގެ 124 ވަނައިގަ އެވެ. 2019 ވަނަ އަހަރު ރާއްޖެ އޮތީ އެ ލިސްޓްގެ 130 ވަނައިގައެވެ.

މިއަހަރު ރާއްޖެއަށް އެއްވަރަކަށް ޕޮއިންޓް ލިބުނު ގައުމުތަކުގެ ތެރޭގައި މެކްސިކޯ، މާލީ، މިޔަންމާ އަދި ޓޯގޯ ހިމެނެ އެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ނޫސްބަޔާނުގައި ބުނީ ސިޔާސީ ހަރަކާތްތަކާއި ފައިސާއާއި ކޮރަޕްޝަނާ ގުޅުން ހުރި ކަން މިއަހަރުގެ ސީޕީއައިގެ ތަފްސީލަށް ބަލައިލުމުން އެނގޭ ކަމަށެވެ.

ބަޔާނުަގއި ބުނީ، ރާއްޖެ ފަދަ ވޯޓުގަތުމުގެ އަމަލުތައް ގިނަ، ކެމްޕޭން ފައިސާ ހަރަދު ކުރުމުގެ ހަރުދަނާ އުސޫލުތައް އެކަށައެޅިފައި ނުވާ ގައުމުތައް އެލިސްޓްގައި ދަށްކަމަށެވެ.

ދުނިޔޭގެ ކޮރަޕްޝަންގެ އިންޑެކްސްގެ ލިސްޓުގައި ރާއްޖެ ހަ ދަރަޖަ ފަހަތަށް ވެއްޓިފައިވީ ނަމަވެސް، ރިޔާސީ އިންތިހާބުގައިވެސް، އަދި މިހާރުވެސް ރައީސް ސޯލިހު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަނަށް އޮތީ ޒީރޯ ޓަލަރެންސް ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement