ކުޑަކުދިންގެ ހިޔާގެ އިސްވެރިޔާ ހިޔާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި

23 Jan 2020 | 16:59

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ގާއިމްކޮށްފައިވާ ވިލިމާލޭ ކުޑަކުދިންގެ ހިޔާގެ ސީއީއޯ އަބްދުއްޝުކޫރު އަބްދުލްހަކީމް މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން އެކަހެރިކޮށްފިއެވެ.

މިކަން ވަނީ ޖެންޑާ މިނިސްޓްރީގެ ފަރާާތުން ވޮއިސްއަށް ކަށަވަރުކޮށްދީފައެވެ.

އެ މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެފަރާތް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބަލަމުންދާ މައްސަލައަކާއި ގުޅިގެންކަމަށެވެ.

ފާާހަގަކޮށްލެވޭ ގޮތުގައި ދާދިފަހުން ކުޑަކުދިންގެ ހިޔާއާއި ގުޅޭ ގިނަ މައްސަލަތަކެއް މީސް މީޑިޔާގައި ވަނީ ފެންމަތިވެފައެވެ. އެގޮތުން ހިޔާގެ މުވައްޒަފުން ކުދިންނަށް ރަނގަޅަށް އަޅާނުލާކަމަށްބުނެ އެތަނުގެ އަންހެންކުއްޖަކު ވާހަކަދައްކާ ވީޑިޔޯއެއް ވަނީ ވައިރަލްވެފައެވެ.

މީގެ އިތުުރުން އެތަނުގައި ތިބޭ ކުދިން ފިލާ ވާހަކައަކީވެސް އާންމު ވާހަކައެކެވެ.

Advertisement

ކޮމެންޓް