ކައިބާނަށް އެންމެ ފަހުން އޮސްޓްރޭލިޔާގެ ވިސާ ލިބިއްޖެ

23 Jan 2020 | 15:47

ސިއްހީ މައްސަލަތަކަކާއި ހުރެ ވިސާގެ މައްސަލަ ޖެހި އޮސްޓްރޭލިޔާއިން ޑީޕޯޓްކޮށްލާނެކަމުގެ އިންޒާރުދިން ދިވެހި ކުއްޖާާއަށް އެގައުމުގެ ސަރުކާރުން އެންމެފަހުން ވިސާދޭން ނިންމައިފިއެވެ.

މިކަން ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ހާމަކުރައްވާފައެވެ.

ޝާހިދު ވަނީ ކައިބާން ޖަމްޝީދަށް ވިސާ ހަމަޖައްސައިދިނީތީ އޮސްޓްރޭލިޔާގެ ސަރުކާރާއި އެގައުމުގެ ޚާރިޖީ ވަޒީރަށް ޝުކުރު ދަންނަވާފައެވެ. އަދި ކައިބާނާއި އޭނާގެ އާއިލާއަށް އޮސްޓްރޭލިޔާގެ ފަރާތުން ލިބެންވީ ލޯތްބާއި އަޅާލުން ލިބޭނެކަމަށް އުންމީދުކުރައްވާާ ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި  ކައިބާންގެ މައްސަލައިގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ސިޓީއެއް އޮަސްޓްރޭލިޔާގެ ސަރުކާރަށްވަނީ މިދިޔަ އަހަރުގެ ތެރޭގައި އަރުވާފައެވެ.

ކައިބާން ޖަމްޝާދަކީ ހީމޯފީލިއާގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަތަކަކާއި ވިހެއުމުގައި ވެސް ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވާ ކުއްޖެކެވެ. އޮސްޓްރޭލިއާއަށް އުފަން ކައިބާންއަށް ވިސާ ނުދީ ޑިޕޯޓްކުރަން މަަސައްކަތްކުރީ އޮސްޓްރޭލިއާގެ ސަރުކާރުގެ ޚަރަދުގައި ކައިބާންއަށް ބޭސްފަރުވާ ކުރާނަމަ ބޮޑު ޚަރަދެއް އެ ގައުމުން ކުރަން ޖެހޭ ކަމެއް ބުނެއެވެ. ނަމަވެސް ކައިބާންގެ ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ކުރަނީ އާއިލާއިން ކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް