ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ: އެޗްޑީސީ

23 Jan 2020 | 16:35

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަރާތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފެށި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެ ފްލެޓްތަކުގެ މަސައްކަތުގެ ގާތްގަނޑަކަށް 85އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ހުރިހާ ފްލެޓެއްގެ ފިނިޝިންގ މަސައްކަތްކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން މީޑިޔާ އޮފިޝަލް ވަނީ މި ފްލެޓްތަކުގައި މިއަހަރުގެ ތިންވަނަ ކުއާޓާގެ ތެރޭގައި މީހުން ދިރިއުޅެން ފެށޭވަރު ވާނެކަމަށްވެސް ހާމަކުރައްވާފައެވެ.

މި 7000ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނީ ޗައިނާގެ ކުންފުންޏަކުންނެވެ. ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެއް ހިމެނޭ މި ފްލެޓްތަކުގެ ޑިޒައިނަށް ބަދަލު ގެނައުމަށް ސަރުކާރުން ވިސްނިއެވެ. ނަމަވެސް އެއީ އިތުރު ޚަރަދެއް ހިނގާނެކަމަކަށްވުމުން އެކަން ނުުކުރުމަށް ސަރުކާރުން ފަހުން ނިންމިއެވެ.

Advertisement

ކޮމެންޓް

Advertisement