17އަހަރުގެ އަންހެންކުއްޖަކު ގޭންގް ރޭޕްކުރި މައްސަލައެއް ބަލަނީ

24 Jan 2020 | 22:07

ދިވެހިރާއްޖޭގެ ރަށެއްގައި އުމުރުން 17އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިިފިއެވެ.

ފުލުހުން ބުނީ ޖެނުއަރީ 22ވަނަ ދުވަހު މެދުއުތުރުގެ ރަށެއްގައި ތިން ފިރިހެނުންގެ ގްރޫޕަކުން އުމުރުން 17 އަހަރުގެ އަންހެންކުއްޖަކު ގޭންގް ރޭޕްކުރި މައްސަލައެއް މިރޭ ހުށައެޅުނު ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން އެއްވެސް ފަރާތެއް ހައްޔަރުުކުރިކަމަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

ކޮމެންޓް