ކޮރޯނާ ވައިރަހާއި ގުޅިގެން ވޫހާންގައި އާ ހޮސްޕިޓަލެއް ދިހަ ދުވަހުގެ ތެރޭގައި ގާއިމްކުރަނީ

25 Jan 2020 | 13:19

ޗައިނާގެ ވޫހާންގައި ފެެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހަށް ފަރުވާދިނުމަށް ދިހަ ދުވަހުގެ ތެރޭގައި އެ ޝަހަރުގައި އާ ހޮސްޕިޓަލެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފެބްރުއަރީ ތިންވަނަ ދުވަހުގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ މި ހޮސްޕިޓަލަކީ 1000އެނދުގެ ޖާގައިގެ ތަނެކެވެ. މިތަން އިމާރާތްކުރުމަށް ބައިވަރު އެކްސްކަވޭޓަރުތަކުން ބިންގަނޑު ސާފުކުރާ ވީޑިޔޯއެއް ޗައިނާގެ ދައުލަތުގެ މީޑިޔާއިން ވަނީ އާންމުކޮށްފައެވެ.

ޒިންހުއާ ނިއުސް އޭޖެންސީން ރިޕޯޓްކުރާ ގޮތުގައި މި ހޮސްޕިޓަލް ބިނާކުރުމުގެ މަގްސަދަކީ ކޮރޯނާ ވައިރަހަށް ދެވޭ ފަރުވާ ރަނގަޅުކުރުމާއި، އެ ޝަހަރުގެ އެހެން ހޮސްޕިޓަލަށް ބާރު ކުޑަކުރުމެވެ. ވޫހާން މިވަގުތު އޮތީ ކަރަންޓީނެއްގައިކަން ފާހަގަކޮށްލެވެއެވެ.

މީގެ ކުރިންވެސް ޗައިނާއިން ވަނީ ސާސް ރޯގާ ފެތުރެމުންދިޔަ ދުވަަސްވަރުގައި، ބެއިޖިންގގެ ރަށްބޭރުގައި ހަފްތާއެއްެގެ ތެރޭގައި ހޮސްޕިޓަލެއް ގާއިމްކޮށްފައެވެ. މި ހޮސްޕިޓަލްވެސް ގާއިމްކުރަނީ އެފަަދައިން ރާވާލެވޭނެފަދަ ގޮތަކަށެވެ.

ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ސާޅީހަށް އަރާފައެވެ.

Advertisement

ކޮމެންޓް

Advertisement