ކޮރޯނާ ވައިރަސް ޖެހޭ މީހުން ކަރަންޓީން ކުރާނީ ހުޅުމާލޭގައި!

25 Jan 2020 | 18:26

ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ވައިރަހެއްކަމުގައިވާ ވޫހާން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިއްޖެނަމަ އެފަރާތެއް ކަރަންޓީން ކުރާނެ ތަނެއް ހަމަޖައްސައިފިއެވެ.

އެޗްޕީއޭއިން ބުނީ ކޮރޯނާ ވައިރަސް ޖެހިފައިވާ ފަރާތެއް ފެނިއްޖެނަމަ އެފަރާތެއް ކަރަންޓީން ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާާލޭ އޯޓިޒަމް ސެންޓަރު ޖެހިގެން ހުންނަ ޕްރީ ސްކޫލްގައި ކަމަށެވެ.

މިތަން ބޭނުންކުރަން މިހާތަނަށް ފަށާފައިނުވުމުން، މިހާާރުވެސް މިތަނުގައި ދަނީ މީސްލްސްއަށް ކަރަންޓީން ސެންޓަރެއް ހިންގަމުންނެވެ. ނަަމަވެސް އެޗްޕީއޭއިން ބުނީ މީސްލްސްއަށް އާންމުން ޕޮޒިޓިވްވާ މިންވަރު ދަށްވެފައިވާތީ ދެން އެތަން ބޭނުންކުރާނީ ކޮރޯނާ ވައިރަހަށް ޚާއްސަ ކަރަންޓީން ސެންޓަރެއްގެ ގޮތުގައި ކަމަށެވެ.

ވޫހާން ކޮރޯނާ ވައިރަހަކީ ވައިގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ވައިރަހެކެވެ. ގައިންގަޔަށް އަރާ މި ވައިރަހުގެ ސަބަބުން މިހާތަނަށް ސާޅީހަށްވުރެ ގިނަ ފަރާތެއް ވަނީ މަރުވެފައެވެ.

މި ވައިރަހަށް ސްކްރީންކުރުމަށްޓަކައި ވެލާނާ އިންޓަރނޭޝަަނަލް އެއާޕޯޓްގައި ވަނީ ތާމަލް ކެމެރާވެސް ހަރުކޮށްފައެވެ.

Advertisement

ކޮމެންޓް