Advertisement

އެމްޑީއެން ރިޕޯޓް: ޝަހިންދާއަށް އިންޒާރުދިން މީހާގެ ޝަރީއަތްފަށަނީ

26 Jan 2020 | 13:18

އިސްލާމް ދީނަށާއި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް، އެމްޑީއެން އިން ރިޕޯޓު ނެރުނު މައްސަލައިގައި އެ ޖަމާއަތުގެ އިސް ވެރިޔާ ޝަހިންދާ އިސްމާއީލު މަރާލުމަށް ފަސް ނުޖެހޭނެ ކަމަށް ބުނި ކަމަށް ތުހުމަތުކުރާ މީހާގެ ޝަރީއަތް ފަށަން ތައްޔާރުވެއްޖެއެވެ.

އެމައްސަލައިގައި ޝަހިންދާއަށް ބިރުދެއްކި ކަމަށް ތުހުމަތުކޮށްފައިވަނީ ފުވައްމުލަކު ހޯދަނޑު އަލީ ރަވާއު މުހައްމަދުގެ މައްޗަށެވެ.

އެ މައްސަލައާއި ގުޅިގެން އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:45 އަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމަށް އޭނާއަށް ވަނީ އަންގާފައެވެ.

ރަވާއުގެ މައްޗަށް ދައުލަތުން ދައުވާކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު ހަވަނަ ދުވަހު އޭނާ ކުރި ޓުވީޓަކާއި ގުޅިގެންނެވެ.

އިސްލާމް ދީނާ ހިލާފު އެތައް ވާހަކަަތަކެއް ހިމްނައިގެން ލިޔެފައިވާ އެރިޕޯޓާއި ގުޅިގެން ރައްޔިތުންގެ ނުރުހުން ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވެގެން ދިޔައެވެ.

އަދި އެރިޕޯޓު ދިފާއުކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ތަކުރާރުކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ.

އެމައްސަލައިގައި އެމްޑީއެން އުވާލިކަން ސަރުކާރުން އިއުލާންކުރި ނަމަވެސް މިހާތަނަށްވެސް އެރިޕޯޓު ލިޔުނު ފަރާތްތަކަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ. އެކަމުގައި ބައިވެރިވި ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ އިސް ފަރާތްތައް އަދިވސް ތިއްބެވީ ސަރުކާރުގެ އިސް މަގާމުތަކުގައެވެ.

Advertisement

ކޮމެންޓް