Advertisement

މިދިޔަ އަހަރު ރިސޯޓްތަކުގެ އޮކިއުޕަންސީ ދައްވެއްޖެ

26 Jan 2020 | 14:18

2018 ވަނަ އަހަރާއި އަޅާ ބަލާއިރު، 2019 ވ ަނަ އަހަރު ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕަންސީ ދަށްވެ، ގެސްޓްހައުސް ވިޔަފާރި ކުޑަތަންކޮޅެއް މައްޗަށް ޖެހިލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ނިމިދިޔަ އަހަރު އެވްރެޖްކޮށް ރިސޯޓްތަކުގެ އޮކިއުޕަންސީ އޭގެ ކުރީ އަހަރަށް ވުރެ ކުޑަކޮށް ދަށަށް ގޮސްފައި ވިޔަސް، ކްރިސްމަސް އަދި ނިއު އިޔާއާ ދިމާކޮށް ރިސޯޓްތަކުގެ އޮޮކިއުޕަންސީ ރޭޓް ވަނީ އޭގެ ކުރީ އަހަރު ސީޒަނަށް ވުރެ ރަނގަޅު ވެފަ އެވެ.

އެގޮތުން، ޑިސެމްބަރު 2018 ގައި ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓް 79 އިންސައްތައިގައި ހުރިއިރު، މިދިޔަ ޑިސެމްބަރު މަހު ހުރީ 79.5 އިންސައްތައިގަ އެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، 31 ޑިސެންބަރު 2019 ގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ، 1.7 މިލިއަން ފަތުރުވެރިންނެވެ. މިއީ 2018 ވަނަ އަހަރާ އަޅައިބަލާ އިރު 14.7 ޕަސެންޓުގެ ކުރިއެރުމެކެވެ.

ރިސޯޓް އަދި މެރީނާތަކުގެ އޮކިއުޕަންސީ 2019 ވަނަ އަހަރު ހުރީ 74.1 އިންސައްތައިގައެވެ. 2018 ވަނަ އަހަރު ނިމުނު އިރު، ރިސޯޓް އަދި މެރީނާތަކުގެ އޮކިއުޕަންސީ ހުރީ 74.6 އިންސައްތައިގައެވެ.

ގެސްްޓްހައުސްތަކުގެ އޮކިއުޕަންސީ މިދިޔަ އަހަރު 33.9 އިންސައްތައިގައި ހުރިއިރު، 2018 ވަނަ އަހަރު ހުރީ 32.6 އިންސައްތައިގައެވެ.

ހޮޓާތަކުގެ އޮކިއުޕަންސީ ހުރީ މިދިޔަ އަހަރު 45.4 އިންސައްތައިގައެވެ. އަދި 2018 ވަނަ އަހަރު ނިމުނު އިރު ހުރީ، 40.4 އިންސައްތައިގައެވެ.

ސަފާރީތަކުގެ އޮކިއުޕަންސީ 2019 ވަނަ އަހަރު ހުރީ، 26.2 އިންސައްތައިގައެވެ. އަދި 2018 ވަނަ އަހަރުހުރީ 28.1 އިންސައްތައިގައެވެ.

Advertisement

ކޮމެންޓް