ހަތަރު ގައުމެއްގައި ތިބި ދިވެހިންގެ މައުލޫމާތު ހިއްސާކުރުމަށް އެމްބަސީތަކުން އެދިއްޖެ

26 Jan 2020 | 22:53

އިންޑިޔާ، މެލޭޝިޔާ ޖަޕާން އަދި ތައިލޭންްޑްގައި މިވަގުތު ތިބި ދިވެހިންގެ މައުލޫމާތު ހިއްސާކުރުމަށް، އެގައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އެދިއްޖެއެވެ.

އެ އެމްބަސީތަކުން ކުރި ޓްވީޓެތަކެއްގައި ބުނެފައިވަނީ އެގައުމުތަކުގައި ތިބި ހުރިހާ ދިވެހިންވެސް އެފަރާތްތަކުގެ ނަން، ގުޅޭނެ ނަންބަރު، ދިރިއުޅެމުންދާ ޝަހަރު އަދި އާއިލާ ފަރާތެއްގެ ފޯނު ނަންބަރު އެމްބަސީއަށް ވީހާވެސް އަވަހަށް ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލުންވެސް ވަނީ ކެރެލާގައި ތިބި ދިވެހިން އެ ކޮންސިއުލޭޓްގައި ރަޖިސްޓްރީވުމަށް އެދިފައެވެ. މި ފަރާތްތަަކަށް އީމެއިލް ނުވަަތަ ފޯނުގެ ޒަރިއްޔާއިން ރަޖިސްޓަރ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ދިވެހިން ރަޖިސްޓަރވުމަށް އެދިފައިވަނީ މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހާއި ގުޅިގެން އެޅޭ ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި ކަމަށް ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ވޮއިސްއިން ކުރި ސުވާލަަކަށް ޖަވާބުދެއްވަމުން ފޮރިން މިިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ އެގައުމުތަކުގައި ތިބި ހުރިހާ ދިވެހިންގެ މައުލޫމާތު ފޮނުވުމަށް އެމްބަސީން އެދިފައިވަނީ ކަމެއް ދިމާވެދާނެ ހާާލަތަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement