Advertisement

ކޮރޯނާ ވައިރަސް ޖެހުނު މީހެއްގެ ބަލި ރަނގަޅުވެއްޖެ

28 Jan 2020 | 11:50

ނޮވެލް ކޮރޯނާ ވައިރަސް ޖެހުނު ޗައިނާގެ ވޫހާން ޝަހަރުގެ އަންހެނެއްގެ ކިބައިން ބަލި ރަނގަޅުވެއްޖެކަމަށް ޗައިނާގެ މީޑިޔާތަކުން ރިޕޯޓްކުރަން ފަށައިިފިއެވެ.

ބެއިޖިންގ ޑެއިލީ ނޫހުން ރިޕޯޓްކުރާ ގޮތުގައި ވޫހާން ޝަހަރަށް ނިސްބަތްވާ އުމުރުން 56 އަހަރުގެ މި އަންހެން މީހާގެ ޕަލްމޮނަރީ ސީޓީ ސްކޭނަކާއި ދެ ލޭގެ ޓެސްޓް ހެދިއިރު، އޭނާގެ ގައިން ކޮރޯނާ ވައިރަސް ފެނިފައެއް ނުވެއެވެ.

އޭނާގެ އިތުރު ޓެސްޓްތަކެއް ހެދުމަށްފަހު ވައިރަސް އިތުރަށް ޖެހުނަ ނުދިނުމަށްޓަކައި އޭނާ ވަނީ ކަރަންޓީނުން ދޫކުރެވިފައެވެ.

މީގެ އިތުރުން އެޗްއައިވީ ބައްޔަށް ފަރުވާދޭ ބޭހަކުންވެސް، ކޮރޯނާ ވައިރަސް ހަށިގަނޑުގެ ސެލްތަކަށް ފެތުރުން ހުއްޓުވައިދީފައިވާކަމަށް ޓެސްޓްތަކުން ދައްކާކަމަށް ޗައިނާގެ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ޗައިނާއަކީ ކުރިންވެސް ސާސް ފަދަ ނުރައްކާތެރި ރޯގާތައް ފެތުރިފައިވާ ގައުމެއްކަމުން، އެގައުމުން އަބަދުވެސް ދަނީ ނުރައްކާތެރި ވައިރަސްތަކާއި ދެކޮޅަށް ބޮޑެތި ރިސާޗްތަކެއް ހަދަމުންނެވެ.

މި ވައިރަހުގެ ސަބަބުން ވޫހާންގައި އެކަނިވެސް 80އެއްހާ މީހުން މަރުވެފައިވާކަމަށް ސީއެންއެންއިން މައުލޫމާތުދެއެވެ.

Advertisement

ކޮމެންޓް