ޗައިނާ މީހުންނަށް އޮން-އެރައިވަލް ވިސާ ދޫކުރުން ލަންކާއިން މެދުކަނޑާލައިފި

28 Jan 2020 | 10:01

ސްރީލަންކާއިން ނޮވެލް ކޮރޯނާ ވައިރަސް ފެތުރުމާއި ގުޅިގެން ޗައިނާގެ ފަތުރުވެރިންނަށް ވަގުތީގޮތުން އޮން-އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލައިފިއެވެ.

މިކަން ވަނީ ސްރީލަންކާގެ މީޑިޔާތަކުން ކަށަވަރުކޮށްދީފައެވެ.

ލަންކާގެ މީޑިޔާތަކުން ބުނީ ޗައިނާއިން އަންނަ ފަތުރުވެރިންނަށް ވަގުތީގޮތުން އޮން-އެރައިވަލް ވިސާ ދޫކުރުން ހުއްޓާލުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. 

މީގެ އިތުރުން ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއާޕޯޓަށް މީހުން ވަނުމުގެ އުސޫލަށްވެސް ބޮޑެތި ބަދަލުތަކެއް އެގައުމުގެ ސަރުކާރުން ވަނީ ގެނެސްފައެވެ. އެގޮތުން ފަސިންޖަރުން ފިޔަވާ އެހެނިހެން ފަރާތްތަކުން އެއާޕޯޓަށް ވަނީ ވަނުން މަނާކޮށްފައެވެ.

އެގައުމުގެ ހެލްތު ޑިރެކްޓަރ ޖެނެރަލް އަނިލް ޖަޔަސިންހަ ވިދާޅުވި ގޮތުގައި ކޮރޯނާ ވައިރަސް ޖެހުނުކަން ކަށަވަރު ކުރެވުނު ޗައިނާގެ ފަތުރުވެރިޔާ ލަންކާއަށް އައިސްފައިވަނީ ފަތުރުވެެރިންގެ ގްރޫޕަކާއި އެކުގައެވެ. އަދި އެ ގްރޫޕް މީހުން ދިއުމުގެ ކުރިން އޭނާ ހުން އައުމުގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓް ކުރެވުނީކަމަށް އަނިލް ވިދާޅުވިއެވެ.

އެހެންކަމުން އެ އަންހެންމީހާ މަޑުކުރި ހޮޓެލްތަކުގެ މުވައްޒަފުންނާާއި ފަތުރުވެރިންގެ ހާލަތު ބަލައި، އެފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދެމުންދާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement