ރ އިނގުރައިދޫ ކައުންސިލަށް އަމިއްލަގޮތުން ޝަކީބް ވާދަކުރަނީ

29 Jan 2020 | 11:50

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިނގުރައިދޫ ރަށު ކައުންސިލަށް އަމިއްލަގޮތުން ކެނޑިޑޭޓަކު ވާދަކުރުމަށް ނިންމައިފިއެވެ.

އެގޮތުން އެރަށު ކައުންސިލަށް އަމިއްލަގޮތުން ވާދަކުރުމަށް ނިންމާފައިވަނީ އެރަށު ކަނޑުބަލާގެ މުހައްމަދު ޝަކީބެވެ.

އެ ދާއިރާއަށް ކުރިމަތިލާކަން އިއުލާާންކޮށް ޝަކީބް އާންމުކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ މިކަމަށް އެންމެހާ ރައްޔިތުންގެ ތާއިދަށް އެދޭކަމަށް ބުނެފައެވެ.

އިނގުރައިދޫ ކައުންސިލް އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، މިމަހުގެ 31ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައިވެސް ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް