Advertisement

ފައިނު ގިރާ ސަަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފަށަނީ

30 Jan 2020 | 11:32

ރ.ފައިނުގެ ގޮނޑުދޮށުން އާދަޔާ ޚިލާފަށް ގިރަމުންދާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެގޮތުން އެ ސަރަހައްދަށް ވެލި އެޅުމަށްޓަކައި ޕްލޭނިންގ މިނިސްޓްރީން ވަނީ އެކްސްކަވޭޓަރަކާއި ލޮރީއެއް އެރަށަށް ފޮނުވާފައެވެ. 

ގިނަބަޔަކު ފާހަގަކުރާ ގޮތުގައި މިހާރު އެ ގޮނޑުދޮށް ގިރަމުންގޮސް އެރަށުގެ އަތިރިމަތީގައި ހުރި ޒަމާންވީ ކާނި ގަސްތައް ވަނީ ވެއްޓުމާއި ގާތްވެފައެވެ. މީގެން ބައެއް ގަސްތަކަކީ 200އެއްހާ އަހަރުވެފައިވާ ގަސްތަކެއްކަމަށް އެރަށުގެ ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

މި ސަރަހައްދު ހިމާޔަތްކުރުމަށް ސަރުކާާރުތަކުން އެކަށީގެންވާ ފިޔަވަަޅުތަކެއް އަޅާފައި ނުވާއިރު، މިއީ އެރަށުގެ މީހުން ދިރިއުޅެމުންދާ ސަރަހައްދާއި މާ ދުރުނޫން ހިސާބެއްކަންވެސް ފާހަގަކޮށްލެވެއެވެ.

އެރަށުގެ ރައްޔިތުންވެގެން ގިރަމުންދާ ސަރަހައްދުގައި ވެލިބަސްތާ ޖަަހާފައިވީނަމަވެސް މިއީ އެކަށީގެންވާ ހައްލެއް ނޫނެވެ.

Advertisement

ކޮމެންޓް

Advertisement