ކޮރޯނާ ވައިރަސް ހުރިކަމަށް ޝައްކުވާ މީހަކު ރާއްޖެއިން ފެނިއްޖެ

31 Jan 2020 | 08:06

ދިވެހިރާއްޖެއިން ކޮރޯނާ ވައިރަަހަށް ޝައްކުވާ މީހަކު ފެނިއްޖެކަމަށް ސަރުކާރުން ކަށަވަރުކޮށްދީފިއެވެ.

މިހާރު ހެލްތް މިނިސްޓްރީގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުން ހާާމަކުރިގޮތުގައި ކޮރޯނާ ވައިރަހަށް ޝައްކުވާފަދަ އަލާމާތްތަކެއް ފެނިފައިވަނީ މީހެއްގެ ގައިންނެވެ. އެއީ ރާާއްޖެއަށް ނިސްބަތްވާ ފަރާާތެއްގެ ވިހި އަހަރުގެ ފަރާާތެއްގެ ކިބައިންނެވެ.

އެ މީހާ މިވަގުތު ވަނީ ކ.ފުނަދޫގައި އައިސޮލޭޝަން ފެސިލިޓީގައި ބެހެއްޓިފައެވެ. އޭނާގެ ކިބައިން އަރިދަފުސް ރޯގާގެ ނިޝާން ފެނި، އޭނާ ޗައިނާގައި އުޅުނު ސަރަހައްދުގައި މީޓް މާކެޓެއް ހުރުމުން އިތުރު ޓެސްޓްތައް ހެދުމަށް ވަނީ ޑަބްލިޔުއެޗްއޯގެ އިރުޝާދުގެ ދަށުން އޭނާގެ ސާމްޕަލްތައް ބޭރަށް ފޮނުވާފައެވެ.

މިފަރާތް ޗައިނާއިން ދިވެހިރާއްޖެއަށް އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ ރޭ އައިއިރު، ހުމެއް ނެތްކަމަށާއި ނަމަވެސް މިއަދު އަރިދަފުސް ރޯގާއެއް ހުރުމުން އޭނާ ހޮސްޕިޓަލަށް ދިޔަކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާާޅުވިއެވެ. 

މި ބައްދަލުވުމުގައި ވާހަަކަފުޅު ދެއްކެވި އައިޖީއެމްއެޗްގެ ޑރ.ޒިޔާން ވިދާާޅުވީ ޝައްކުކުރެވޭ ފަރާތް ބޭރު ތެރޭގައި އުޅެފައިވާާ ނުވާ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement