Advertisement

އާންމުންނަށް ފޭސް މާސްކް ވިއްކަން ދެ ދުވަހެއްގެ ތެރޭގައި ފަށާނަން: އެސްޓީއޯ

31 Jan 2020 | 02:00

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށްޓަކައި ބޭނުން ކުރެވޭނެ ފޭސް މާސްކް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ވިއްކަން ފެށޭނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ މިހާރު އެސްޓީއޯއިން މާސްކް ދޫކުރަމުން ގެންދަނީ ހެލްތު މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކަމާއި ބެހޭ އިދާރާތަކަށް ކަމަށެވެ.

އަދި އާންމުންނަށް މާސްކް ފޯރުކޮށްދޭން ނުފަށާކަމަށާއި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެކަން ފެށޭވަރުވާނެކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ކޮރޯނާ ވައިރަހުގެ ބިރާއި އެކު މާލޭގެ ބައެއް އަމިއްލަ ފާމަސީތަކުން ދަނީ މާސްކްތައް އަގުބޮޑުކޮށް ވިއްކަމުންނެވެ.

Advertisement

ކޮމެންޓް