އާރަށް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް، ރައީސް ޞާލިހު ހުށައަޅުއްވައިފި

02 Feb 2020 | 12:09

ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ކ. އާރަށް ބޭނުން ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހުށައަޅުއްވައިފިއެވެ.

އެކަން ހާމަކުރެއްވީ، ކޮރޯނާވައިރަސް އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ހުށަހެޅުއްވީ ރައީސް ސޯލިހު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އާރަށް މިހާރު އޮތީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރެވޭ ގޮތަށެވެ.

އޭގެއިތުރުން ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ޖުމްލަ ތިން ސަރަހައްދެއް ބޭނުންކުރަން ނިންމާފައިވާކަން އަލީ ވަހީދު ހާމަކުރެއްވިއެވެ.

އޭގެތެރޭގައި މިހާރުވެސް ކަރަންޓީނު ފެސިލީޓީއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކ. ފުނަދޫ އާއި އަދި އެކަމަށް ތައްޔާރުކޮށްފައިވާ އާރަށް ހިމެނެއެވެ. އޭގެ އިތުރުން ދެން ފެސިލިޓީއެއްގެ ބޭނުން ޖެހިއްޖެނަމަ ރިސޯޓެއް ހުސްކޮށްފައިވެސް ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން އެރިސޯޓެއް ކަރަންޓީނުކުރާ ތަނަކަށް ހަދާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް