ޖަރުމަނު ޝެންގެން ވިސާގެ ވަގުތީ ކްލިނިކެއް ރާއްޖޭގައި ހުޅުވައިފި

04 Feb 2020 | 14:55

ޖަރުމަންވިލާތަށް ދަތުރުކުރުމަށް ބޭނުންވާ ޝެންގެން ވިސާގެ ވަގުތީ ކްލިނިކެއް ދިވެހިރާއްޖޭގައި ގާއިމްކޮށްފިއެވެ.

މި ބައޯމެޓްރިކް ކްލިނިކް ހުޅުވާފައިވަނީ ޖަރުމަނުވިލާތުގެ ސަރުކާރާއި ދިވެހި ސަރުކާރާއި ގުޅިގެން، އެމްއެމްޕީއާރްސީގެ އެއްބާރުލުމާއި އެކުގައެވެ.

މިމަހުގެ ހަވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާ މި ކްލިނިކުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކުރިން އެޕޮއިންޓްމެންޓް ހައްދާފައިވާ 162 ފަރާތަކަށެވެ. މިއީ މިއަހަރުގެ މާޗްމަހު ޖަރުމަނުގައި އޮންނަ އައިޓީބީ ބާލިން ފަތުރުވެރިކަމުގެ ފެއަރގައި ބައިވެރިވުމަށް ދަތުރުކުރާ ދިވެހިންނަށް އެހީވުމަށްޓަކައި ބާއްވާ ވިސާ ކްލިނިކެއްކަމަށް ޚާރިޖިއްޔާއިން މައުލޫމާތުދެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ މާާޗްމަހުގެ ތެރޭގައި ޖަރުމަނުގެ ދާާއިމީ ވިސާ ކްލިނިކެއް ރާއްޖޭގައި ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

Advertisement

ކޮމެންޓް