Advertisement

ހިތުގެ ބައްޔަށް ޝިފާ ހޯދަމުންދާ މި ތުއްތު ކުއްޖާއަށް އެހީގެ އަތެއް ދިއްކޮށްލަމާ!

07 Feb 2020 | 14:32

ކޮންމެ މަަންމައަކާއި ބައްޕައަކުވެސް ދަރިއަކު ހޯދަނީ ފޮނި އުންމީދުތަކަކާއި އެކުގައެވެ. އެކުއްޖާ ފުރިހަމަ ސިއްހަތެއްގައި ހެދި ބޮޑުވެ، މުޖުތަމައުގައި މުހިންމު ފަރުދަކަށް ވެގެންދާނެ ކަމުގެ ފޮނި ތަޞައްވުރާއި އެކުގައެވެ. ނަމަވެސް ބައެއް ފަހަރު ގުދުރަތުގެ ނިޔާ މެދުވެރިކުރައްވާާ ގޮތުން މި ތަޞައްވުރާއި އުންމީދުތައް ހާސިލްކުރުމަށް ބޮޑެތި ގޮންޖެހުންތަކާއި ބައެއް ފަރާތްތަކުން ކުރިމަތިލާންޖެހެއެވެ. އިމްތިހާާނެއްގެ ގޮތުންނެވެ.

މި ތުއްތު ކުއްޖާއަށްވެސް މިއަދު ދިމާވެފައިވަނީ ހަމަ އެފަދަ ހާާލަތެކެވެ. 

މިއަހަރުގެ ޖެނުއަރީ މަހުގެ 31ވަނަ ދުވަހު މި ތުއްތު ކުއްޖާާގެ ހިތުގެ ވިންދު ދަށްވުމާއި ގުޅިގެން ސިޒޭރިއަންއެއް ހެދުމަށްފަހު މި ތުއްތު ކުއްޖާ، އޭނާގެ މަންމަކަމުގައިވާ ގއ.ކޮލަމާފުއްޓަށް ނިސްބަތްވާ ނަޖުދާ އަހުމަދުގެ ބަނޑުން ނަގަން ޖެހުނީ ބަނޑަށް ނުވަމަސް ފުރުނު ފަހުންނެވެ. ބަރުދަނުގައި 3.4 ކިިލޯހުރި މި ކުއްޖާ ވިހިއިރުގައި ބަލާބެލުމަށް ކިތަންެމެހާވެސް ސިއްހަތު ރަނގަޅުކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ހިތުގެ ވިންދު ދަށްވުމާއި އެކު އެންއައިސީޔޫގައި ކުއްޖާާ އޮބްޒަވޭޝަންގައި ބޭއްވުމަށް ޑޮކްޓަރުން ނިންމެވިއެވެ. އެތަނުން ކުއްޖާގެ އެކޯ ކާޑިއޮގްރަފީއެއް ހެދުމުން، ޑޮކްޓަރުންނަށް އެނގުނީ އެ ތުއްތު ކުއްޖާގެ ވަރަށް ސީރިއަސް ހިތުގެ މައްސަލަައެއް ހުންނަކަމެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ހަވާލާދީ ކުއްޖާާގެ އާއިލާާއިން ވޮއިސްއަށް މައުލޫމާތު ދިންގޮތުގައި ކުޑަކުއްޖާާއަށް ދިމާާވެފައިވާ ހިތުގެ މައްސަލައަށް ދެވިފައިވާާ ނަމަކީ ޓެޓްރަލޮޖީ އޮފް ފެލޮޓް ނުވަތަ ޓޮފްއެވެ. މި މައްސަލަ ދިމާވާ ގޮތަކީ ކުއްޖާ އުފެދުމުގެ ތެރޭގައި ހިތުގެ ހަތަރު މައްސަލަ އެއްކޮށް ދިމާވުމެވެ. އެގޮތުން އޭގެ ތެރޭގައި ހިމެނެނީ ވެންޓްރިކިއުލަރ ސެޕްޓަލްގައި މައްސަލަ ހުރުމާއި، ޕަލްމޮަނަރީ ވެލްވް ހިމަވުމާއި، އެއޯޓާ ނުބައި ދިމާލެއްގައި އުފެދިފައިވުމާއި އަދި ރައިޓް ވެންޓްރިކިއުލަރ ހައިޕަރޓްރޮފީއެވެ.

މިކަމާއި ގުޅިގެން އެ ތުއްތު ކުއްޖާާ އިންކިއުބޭޓަަރަކާއި ގުޅުމަށްފަހު، ހާލަތު ރަނގަޅުވުމުން އެކްސްޓިއުބޭޓް ވަނީ ކުރެވިފައެވެ. 

ނަމަވެސް މި ކުއްޖާގެ ސިއްހީ ހާލަތު އާންމު ހާާލަތަކަށް ގެންދިއުމަށްޓަކައި އުމުރުން ހަމަހާއި ނުވަ މަހާއި ދެމެދުގައި ޚާއްސަ އޮޕަރޭޝަނެއް ކުރަންޖެހެއެވެ. މި އޮޕަރޭޝަނާއި އެއަށްފަހު ކުރަންޖެހޭ ފަރުވާތަކަށް ބޮޑު ޚަރަދެއް ހިނގާނެތީ އެ ކުއްޖާާގެ އާއިލާއިން އެދެނީ ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއަކަށެވެ. އެކުއްޖާއަށް އުފާވެެރި މުސްތަގްބަލެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އެންމެންނަށްވެސް އެހީތެރިކަން ފޯރުކޮށްދެވިދާާނެއެވެ.

ކުއްޖާގެ ބައްޕަގެ އެކައުންޓް ނަންބަރު: 7704265403101

ފޯނު ނަންބަރު: 7620807

Advertisement

ކޮމެންޓް