ފަޒާދާއި ވާދަކޮށް ފުވައްމުލަކު ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް ތޯރިގަށް

08 Feb 2020 | 14:36

ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕީޕީއެމުން އިއްޔެ ބޭއްވި ޕްރައިމަރީގައި ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު އަލީ ފަޒާދާއި ވާދަކޮށް، ތޯރިގު އަހުމަދު ޕާޓީގެ ޓިކެޓް ކާމިޔާބު ކޮށްފިއެވެ.

ޕީޕީއެމް ޓިކެޓުގައި ފަޒާދާއި ތޯރިގު ވާދަކުރައްވައި ޓިކެޓް ކާމިޔާބުކުރީ 892 ވޯޓުންނެވެ. ފަޒާދަށް ލިބިވަޑައިގަތީ 634 ވޯޓެވެ.

އިއްޔެގެ ޕްރއިމަރީގައި ފުވައްމުލަކުގެ ހުރިހާ އަވަށެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ. ދެއަވަށެއް ފިޔަވައި ހުރިހައި އަވަށެއްގެ އަޣުލަބިއްޔަތު ކާމިޔާބުކުރެއްވީ ތޯރިގެވެ.

ޕްރައިމަރީން ބަލިވިނަމަވެސް ފަޒާދު ވިދާޅުވެފައިވަނީ ތޯރިގަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޕީޕީއެމް އިން އިއްޔެ ބޭއްވި ޕްރައިމަރީ ހުރިހާ ރަށެއްގައިވެސް ކުރިޔަށް ދިޔައީ ވަރަށް އަމާންކޮށެވެ.

އެކަން ފާހަގަކުރައްވައި އެޕާޓީގެ ނައިބު ރައީސް ޣައްސާނު މައުމޫން ވަނީ ޕްރައިމަރީގައި ވޯޓް ދިން ފަރާތްތަކަށާއި ވާދަކުރެއްވި ފަރާތްތަކުން ދެއްކި ހިތްވަރަށް ތައުރީފުކުރައްވާފައެވެ.

Advertisement

ކޮމެންޓް