ސިމްސިމް ސެލިއުލާއިން ބުނަނީ ފެނުގައި ޖެހިގެން މަރާމާތު ނުކުރެވޭ ފޯނެއް ނޯންނާނެކަމަށް!

12 Feb 2020 | 12:14

ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުން އަބަދުވެސް ބޭނުންކުރާ ހިތްވާނީ އެންމެ ފަހުގެ މޮޅު ފޯނެވެ. މިގޮތަށް ފޯނު ގެންގުޅޭއިރު ބައެއް ފަހަރަށް އެކަށީގެންވާ މިންވަރަކަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ފޯނަށް ބޮޑެތި ގެއްލުންތައް ލިބޭ ފަހަރުވެސް އާދެއެވެ. އެގޮތުން އަގުބޮޑު ފޯނުތަކަށް ފެން އެޅިގެން ނުވަތަ ފެނުގައި ޖެހުމުން ލިބޭ ގެއްލުންތައް ބައެއް ފަހަރަށް ވަރަށް ބޮޑެވެ.

ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުގައި ހުޅުވި "ސިމްސިމް ސެލިއުލާ" އިންދޭ ގެރެންޓީއަކީ ފެނުގެ އަސަރުކޮށްގެން ހަލާކުވުމުގެ ސަބަބުން އެ ފިހާރައަށް ނެެހެދޭނެ ފަހުގެ އެއްވެސް ސްމާޓްފޯނެއް ނޯންނާނެކަމަށެވެ.

ވޮއިސްއަށް މައުލޫމާތުދެއްވަމުން އެ ފިހާރައިގެ ވެރިޔާ ނާދިރު ވިދާޅުވީ ސިމްސިމް ސެލިއުލާ އިން މޯބައިލް ފޯނާއި، ފޯނު ސާރވިސްކުރުމާއި، އެކްސެސަރީތަކާއި އަދި ސޮފްޓްވެއާ އަޕްޑޭޓްކުުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށެވެ. 

ނާދިރު ވިދާޅުވީ ސިމްސިމް ސެލިއުލާާއިން ފޯނު މަރާމާތުކުރުމުގެ ޚިދުމަތަށް ޚާއްސަ ސަމާލުކަމެއްދޭއިރު އައިފޯނާއި ތަފާތު ބާވަތްތަކުގެ އެންޑްރޮއިޑް ފޯނުތައް މަރާމާތު ކުރުމުގެ ޚިދުމަތް ފޯރުކޮށްދެމުންގެންދާ ކަމަށެވެ. އަދި ފޯނުތައް މަރާމާތުކުރުމުގައި ހަރަކާތްތެރިވާނީ ފަންނީ ތަޖުރިބާ ހުރި މުވައްޒަފުންކަމަށާއި އެފަރާތްތަކުން ބޭނުންކުރާނީ އޮރިޖިނަލް ސްޕެއާޕާޓްސްތައްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ސިމްސިމް ސެލިއުލާއިން ފާހަގަކުރާ ގޮތުގައި އެފިހާރައިގެ އެންމެ ޚާއްސަ ފޯނު މަރާމާތުކުރުމުގެ މަސައްކަތަކީ ފެނުގެ އަސަރުކޮށްގެން ހަލާކުވެގެން ގެންނަ ފޯނުތައް މަރާމާތުުުކުރުމެވެ. މިގޮތުން ކޮންމެ ހަފްތާއަކު މިފަދަ ހާާލަތުގައިވާ ގިނައަދަދެއްގެ ފޯނުތައް އެ ފިހާރައިން މަރާމާތުކުރެއެވެ. ނާދިރު ވިދާޅުވާ ގޮތުގައި ފެނުގެ އަސަރުކޮށްގެން އެ ފިހާރައަށް ގެންނަ ކޮންމެ ފޯނެއް މަރާމާތު ކުރުމުގެ ގާބިލްކަން ސިމްސިމް ސެލިއުލާގައި އެބަހުއްޓެވެ.

ފޯނު މަރާމާާތުކުރުމުގެ އިތުރުން ސިމްސިމް ސެލިއުލާާއަކީ ފޯނާއި އަދި އެއާއި ގުޅުންހުރި ގިނަ އަދަދެއްގެ ސާމާނުތައް ވިއްކަމުންދާ ފިހާާރައެކެވެ. އެގޮތުން އެ ފިހާާރައިން ވިއްކާ ޔޫރަޕްގެ އިއްތިހާދުން ބަލައިގެންފައިވާ ތުރުކީގެ ފޯނު ކުންފުންޏެއްކަމުގައިވާ ޖެނެރަލް މޮބައިލް، ޖީއެމް ބްރޭންޑްގެ ފޯނުތަކަކީ ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އުފެއްދުންތަކެކެވެ. މި ބްރޭންޑްގެ އެންމެ ބޮޑަށް ފާާހަގަކޮށްލެވޭ ޚާއްސަކަމަކީ މި ބްރޭންްޑްގެ ފޯނު ގެންގުޅުއްވާ ފަރާތްތަކަށް ފޮޓޯ ސޭވްކުުރުމަށް އަންލިމިޓެޑް އަދަދަކަށް ގޫގުލް ޑްރައިވުން ޖީބީ ލިބިގެން ދިއުމެވެ.

ސިމްސިމް ސެލިއުލާާ ފިހާާރައިން ލިބޭ އިތުރު އުފެއްދުންތަކާާއި ޚިދުމަތްތަކުގެ ތަފްސީލް އެ ފިހާރައިގެ ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓަރ ޕޭޖުން ލިބިވަޑައިގަންނަވާނެއެވެ. ބުރުޒުމަގު ޕީކަބޫ ފިހާރަ ކުރިމަތީގައި ހުންނަ ސިމްސިމް ސެލިއުލާާގެ ޚިދުމަތްތަކުގެ އިތުރު މައުލޫމާތު ވައިބަރ އަދި ވަޓްސްއެޕް މެދުވެރިކޮށް +960 7 880030 ނަންބަރަށް ގުޅާލުމުންވެސް ލިބިގެންދާާނެއެވެ.

Advertisement

ކޮމެންޓް

Advertisement