Advertisement

ރައީސްގެ ކާރުކޮޅުގެ މައްޗަށް ފެން އެއްޗެއް ބަންޑުންކޮށްލި މައްސަލަ ބަލަނީ

15 Feb 2020 | 15:07

މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކާރުކޮޅުގެ މައްޗަށް ފެން އެއްޗެއް ބަންޑުންކޮށްލި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާާގެ ކާރުކޮޅުގެ މައްޗަށް ހެންވޭރުގައި ހުރި އިމާރާތެއްގެ އެޕާޓްމެންޓަކުން ފެން އެއްޗެއް ބަންޑުންކޮށްލިކަމަށް ބެލެވޭ މައްސަލައެއް ވަނީ ފުލުހުންނަށް ހުށައެޅިފައެވެ.

މި ހާދިސާ ހިނގި ވަގުތު ކާރުގެ ތެރޭގައި އިނީ ހަމައެކަނި ޑްރައިވަރުކަމަށް ވަނީ އެނގިފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement