ޓީއެމްއޭގެ އަތުން ރައީސް ނަޝީދު ރިޝްވަތު ނެންގެވި: މެންބަރު މޮސްޓާ

18 Feb 2020 | 10:35

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި އަލަށް ގާއިމްކުރި ސީޕްލޭން ޓާމިނަލް ކުއްޔަށްދިނުމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ޓީއެމްއޭގެ އަތުން ރިޝްވަތު ނެންގެވިކަމަށް ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

އެބޭފުޅާ ވިދާޅުވީ ޓީއެމްއޭއިން ރައީސް ނަޝީދަށް 13 މިލިޔަން ޑޮލަރު ދިންކަން އޮއްބާލަން މިއަދު އެމްޑީޕީގެ މެންބަރުން ލައްވައި ކުރީ ސަރުކާރޭ ކިޔުއްވަމުން ގެންދާ ކަމަށެވެ. އަދި  މިކަމުގައި ޤާނޫނު އަރާ ހަމަކުރާނެކަން ހަނދުމަފުޅު ބެހެއްޓެވުމަށްވެސް މެންބަރު މޮސްޓާ އެދިވަޑައިގެންނެވިއެވެ.

"ގޮނޑި ދުއްވަން މިފަހަރު ނުފޮނުވާނެ، އޮންނަން ޖެހޭނީ ޖަލުގައި"، ރައީސް ނަޝީދު ވިދާޅުވިއެވެ.

ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދޭނެ ކަމަށް، އެމްއޭސީއެލުން ވެފައި އޮތް އެއްބަސްވުމެއް ކަމަށް، ޓީއެމްއޭއިން ގަބޫލުކުރާ ކަން ދޭހަވާ ފަދަ މޭރުމަކުން ވާހަކަ ދައްކަނީ އެމްސީއެލުން ދީފައިވާ ސިޓީއެއްގެ މައްޗަށް ބިނާކޮށެވެ.

އެކަމަކު އެ ސިޓީގައިވަނީ، އާ ޓާމިނަލް ކުއްޔަށް ދިނުމާ ބެހޭ ގޮތުން ދެ ފަރާތުގެ މެދުގައި ހަދާ އެގްރިމެންޓްގައި ޓީއެމްއޭ އިން އެއްބަސްވުމަކަށް ނާދެވޭ ކަންކަމުގައި، އެމްއޭސީއެލުން ދެކޭ ގޮތެވެ.

އެ ސިޓީގައިވާ ގޮތުން މާކެޓް ރޭޓަށް ވުރެ ކުޑަ އަގެއް ކަމަށްވާ އަކަމީޓަރަކަށް 10.35 ޑޮލަރު އެމްއޭސީއެލުން ހުށައެޅުމުން ޓީއެމްއޭއިން ބޭނުންވީ އަކަމީޓަރެއް ހަތް ޑޮލަރަށް ކުއްޔަށް ހިފަން ށެވެ.

ބޯޑުގެ ނިންމުމާ އެކު އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ވާހަކަ ދެކެވެމުން ދިޔައީ އާ ޓާމިނަލުން 31،000 އަކަމީޓަރު 15 އަހަރަށް، ޓީއެމްއޭ އަށް ކުއްޔަށް ދިނުމާ މެދުގަ އެވެ. ފުރަތަމަ ތިން އަހަރު އަކަމީޓަރަކަށް 10.35 ޑޮލަރު ނަގާ އިރު، ފުރާ ކޮންމެ ފަސެންޖަރެއްގެ އަތުން ފަސް ޑޮލަރު ނަގަން، އެމްއޭސީއެލުން ހުށައެޅި އެވެ.

Advertisement

ކޮމެންޓް

Advertisement