ޕީޕީއެމުން ކައުންސިލު އިންތިހާބުގެ ކެމްޕެއިން އަންނަ ހުކުރު ދުވަހުގެ ރޭ ފަށަނީ

22 Feb 2020 | 15:21

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން އަންނަ ހުކުރު ދުވަހުގެ ރޭ ރަސްމީކޮށް ފެށުމަށް ޕީޕީއެމުން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، "މިއީ މަގޭ ރާއްޖެ" ނަމުގައި ފަށާ ކެމްޕެއިން ރަސްމީކޮށް ފަށާނީ އަންނަ ހުކުރު ދުވަހުގެރޭ މާލޭގައި ކަމަށެވެ.

ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި 675 ކެންޑިޑޭޓުން ވާދަކުރާނެއެވެ.

ޝުޖާއު ވިދާޅުވީ، ލޯކަލް އިންތިޚާބު ވަރަށް ގާތުން ބަލަންޖެހޭ ނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނަށް އިދިކޮޅު ކޯލިޝަނުން އިތުބާރު ނުކުރާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލު އިންތިހާބުގައިވެސް ވޯޓް އޮޅުވާލާނެއެވެ. އެހެންވެ ވަރަށް ގާތުން ވޯޓުފޮށިތައް ބަލަންޖެހޭ ކަަމަށް އޭނާ ވިދާޅުވި އެވެ.

''އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނަށް އިތުބާރެއް ނުކުރަން. ތަފާތު، ގިނަ ވަސްތައް މިހާރު ދުވަން ފަށައިފި.'' ޝުޖާއު ވ ިދާޅުވިއެވެ.

މީގެއިތުރުން އިންތިހާބުގައި ވޯޓްލާ ދުވަހު މެންދުރު ފަހު 2:00 ގެ ކުރިން ހުރިހާ ފަރާތްތަކުންވެސް ވޯޓްލާ ނިންމުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ. ނަމަވެސް 2:00 ގެ ކުރިން ވޯޓްލައި ނިންމަންޖެހޭ ސަބަބެއް ޝުޖާއު ހާމައެއް ނުކުރައްވައެވެ.

ޝުޖާއު ވިދާޅުވީ، މިފަހަރުގެ އިންތިހާބުގައި ހަ ފަރާތުން ވޯޓްފޮށި ބެލެއްޓޭވަރަށް ޕީޕީއެމުން ތައްޔާރުވާން ޖެހޭނެ ކަމަށެވެ.

Advertisement

ކޮމެންޓް