Advertisement

ފާޑުވިދާޅުވާ ބޭފުޅުންގެ ފެންވަރަށް ވެއްޓޭކަށް ބޭނުމެއް ނޫން: ޑރ. މުއިއްޒު

23 Feb 2020 | 23:52

ކަންކަމުގައި ފާޑުވިދާޅުވާ ބޭފުޅުންގެ ފެންވަރަށް ވެއްޓެން ބޭނުންނުވާކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ، ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް އެމްޑީޕީން އިއްޔެރޭ ބޭއްވި ޖަލްސާގައި، މުއިއްޒުއަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވުމާއި ގުޅިގެންނެވެ.

ނަޝީދުގެ ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭނާއަށް ނިސްބަތްކުރައްވައި ފާޑުވިދާޅުވާ ބޭފުޅުން ކޮންމެ ފަދަ ވާހަކައެއް ދެއްކެވި ނަމަވެސް އެބޭފުޅުންގެ ދަރަޖައަށް ވެއްޓި ރައްދު ދެއްވަން ބޭނުން ނުވާކަމަށެވެ.

"އަޅުގަނޑާ މެދުގައި ކިތަންމެ ހިތްޕުޅާ ހަމަ ނުވެގެން ބައެއް ބޭފުޅުން ބަސްފުޅު ވިދާޅުވިޔަސް، އެއީ އަޅުގަނޑު އެކަމާ މެދުގައި މާބޮޑަކަށް އެއަށް ރައްްދު ދީ އެބޭފުޅުން އެދާ ލެވެލް އަށް ދާން ބޭނުންވާ ވާހަކަތަކެއް ނޫނޭ." މުއިއްޒު ވިދާޅުވި އެވެ.ގެ އިހުމާލެއް އޮތްކަމަށް ބުނެ، އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފިނޭންސް މިނިސްޓްރީން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އެމައްސަލައިގައި ރޭ މުއިއްޒު ފުލުސް އޮފީހަށް ހާޒިރުކޮށް ކުރި ސުވާލުތަކާއި ގުޅޭގޮތުންވެސް ރޭގެ ޖަލްސާގައި ވާހަކަދެއްކެވިއެވެ.

އެމައްސަލައިގައި މުއިއްޒު ވިދާޅުވީ، އޭނާގެ މައްސަލަ ފުލުސް އޮފީހަށް ވެއްދީ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުން ކަމަށެވެ. އަދި އެމައްސަލައިގައި މީގެކުރިން ތުހުމަތު ކުރި ނަމަވެސް ތަހުގީގާއި ހަމަޔަށް މައްސަލަ ގެންގޮސްފައި ނުވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުޥީ، އެއީ ކެމްޕޭނަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ހިންގާ އަމަލެއް ކަމަށެވެ.

Advertisement

ކޮމެންޓް