ކޯލިޝަން އުވާލައި، މިނިސްޓްރީގެ ބާރުތައް އެމްޑީޕީއަށް އަންނަންޖެހޭ: ޝަހީމު

02 Mar 2020 | 09:32

މިއަދުން މިއަދަށް ސަރުކާރު ކޯލިޝަން އުވާލައި، ގައުމަށް ހެޔޮ ވެރިކަމެއް ގެނައުމަށް މިނިސްޓްރީ ތަކުގެ ބާރު އެމްޑީޕީއަށް ނަގަން ޖެހޭ ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، މިއީ އެމްޑީޕީގެ ސަރުކާރެއް ކަމަށް ބުނާތީ ކޯލިޝަނުގެ ލީޑަރުން ރުޅި އައިސް ސަރުކާރަށް ޖެއްސުންކުރާ ކަމަށެވެ. އެހެންކަމުން މިއަދުން މިއަދަށް ކޯލިޝަން އުވާލައި، މިގައުމަށް ހެޔޮ ވެރިކަމެއް ގެނައުމަށް މިނިސްޓްރީ ތަކުގެ ބާރު އެމްޑީޕީއަށް ނަގަން ޖެހޭ ކަމަށް ޝަހީމު ވިދާޅުވިއެވެ.

''މިއަދުން މިއަދަށް އެބަ އުވާލަން ޖެހޭ، އިއްޒަތްތެރި ރައީސް ކޯލީޝަން އުވާލާއިފަ އެމްޑީޕީން ހެޔޮ ވެރިކަމެއް މިގައުމުގައި ކުރުމަށްޓަކައި މިނިސްޓްރީތަކުގެ ބާރު އެމްޑީޕީއަށް އެބަ އަންނަން ޖެހޭ މިރާއްޖޭގެ ރައްޔިތުން ގަބޫލު ކުރަނީ އެމްޑީޕީ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމު ވިދާޅުވީ ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީގެ ނަމުގައި އަނެއްކާ މުއައްސަސާއެއް އުފައްދައި، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ މެންބަރުން ހިމެނުމުން އިތުރަށް ޖެއްސުން ބޮޑުވެގެން ދާނެ ކަމަށެވެ.

މީގެއިތުރުން ފިޝަރީޒު މިނިސްޓަރު ޒަހާ ވަހީދު ފެއިލްވެފައިވާކަމަސް ވިދާޅުވެ، އޭނާ ވަނީ ޒަހާ މަގާމުން އިސްތިއުފާދެއްވުމަށްވެސް ގޮވާލާފައެވެ. މިނިސްޓަރު ޒަހާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރެއްވުމުން އެކަމަާ ދެއްކެވި ވާހަކަތައް ފާހަގަކުރައްވައި، ޝަހީމު ވިދާޅުވީ މަޖިލީހުގައި ސަރުކާރަށް ސަނާ ކިޔައި ވަރަށް ރީތި ވާހަކަ ދެއްކިދާނެ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ ހައްގުތައް ހިމާޔަތް ވާން ޖެހޭ ކަމަށާއި، ކަންކަން ގޯސްކޮށް ދާނަމަ އެވާހަކަ ދައްކާނެ ކަމަށް ވެސް ޝަހީމު ވިދާޅުވިއެވެ.

ފަހަކަށް އައިސް ސަރުކާރު ކޯލިޝަން ރޫޅައިލުމަށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން މަޖިލީހުގައި ގޮވައިލައްވަމުންނެވެ.

Advertisement

ކޮމެންޓް