ރ.އުނގޫފާރުގެ ފުޓްބޯޅަ ދަނޑު ތަރައްގީކުރަނީ

26 Feb 2020 | 13:30

ރ.އުނގޫފާރުގެ ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި އެރަށު ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސްޕޯޓްސް ކޯޕަރޭޝަންގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ، މަޢުރޫފް އަހުމަދެވެ. އަދި އުނގޫފާރު ރަށު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަފްލާހެވެ.

މި އެއްބަސްވުމުގެ ދަށުން އުނގޫފާރުގައި ކުޅިވަރު ކުރިއަރުވައި ތަރައްޤީ ކުރުމަށާއި، ރަށު ފެންވަރުގައި އިންފްރާސްޓްރަކްޗާރ ތަރަޢްޤީ ކުރުމަށް ވަނީ އެއްބަސްވެފައެވެ.

އަދި ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާނެ ކަސްރަތު، ކުޅިވަރުގެ ތެރެއިން ސްޕޯޓްސް ކޯޕަރޭޝަނާ އުނގޫފާރު ކައުންސިލުން ގުޅިގެން ފަހިކޮށްދީ ދެ ފަރާތުން ކުރެއްވެން ހުރި މަސައްކަތްތައް ކުރުމަށް ވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިކޮށްދީ، ކާމިޔާބު ޕްރޮގްރާމްތަކެއް ހިންގުމަށް ދެވެންއޮތް އެންމެހާ އެއްބާރުލުމެއް ދިނުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ދާއިރާތަކާއި، ގޮތްތައް ކަނޑައެޅުން ހިމެނެއެވެ.

Advertisement

ކޮމެންޓް

Advertisement