Advertisement

ަމަގުމަތީ ޑިއުޓީގައި އުޅޭ ފުލުހުންގެ ގައިގައި ކެމެރާ ހަރުކޮށްފި

28 Feb 2020 | 13:29

މާލޭގެ މަގުމަތީގައި ޑިއުޓީގައި ހަރަކާތްތެރިވާާ ފުލުހުންގެ ގައިގައި އަޖުމަބެލުމުގެ ގޮތުން ބޮޑީކޭމް ހަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުޅާ ދާއިރާއެއްގައި ތައާރަފްކުރުމުގެ ނިޔަތުގައި އަޖުމަބެލުމުގެ ގޮތުން ފްރަންޓްލައިންގައި މަސައްކަތް ކުރާ ބައެއް ފުލުހުންގެ ގައިގައި ބޮޑީ ވޮން ކެމެރާ (ބީޑަބްލިއުސީ) ހަރުކޮށްފައިވާނެ ކަމަށެވެ.

އަދި މިކަމަކީ ފުލުހުން އާންމުންނާާއި އެކު މުއާމަލާތްކުރާ ގޮތް ރަނގަޅުވެ، ޝަކުވާތައް މަދުވެ ފުލުހުންގެ މައްޗަށް އާންމުން ކުރާ އިތުބާރު ރަނގަޅުވާނެކަމެއްކަމަށް ހަމީދު ވިދާޅުވިއެވެ.

މަގުމަތީގެ ޑިއުޓީއަށް ނުކުންނަ ފުލުހުންގެ ގައިގައި ބޮޑީ ކޭމް ހަރުކުރުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުރާ ކަމެކެވެ. 

Advertisement

ކޮމެންޓް