ލައިފްސްޓައިލް: ޓީޝާޓުގެ އަގާމެދު މިފަހަރު މަހުލޫފް ބަހެއްވިދާޅުނުވި

28 Feb 2020 | 18:16

ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ދާދިފަހުން އޮތް އިވެންޓެއްގައި ތުރުކުރެއްވި ޓީޝާޓަކަށް ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ލިވަޕޫލްގެ ދިވެހި ސަޕޯޓަރުންގެ ފަރާތުން ބޭއްވި މި އިވެންޓަށް މަޚުލޫފް ތުރުކުރައްވައިގެން ވަޑައިގެންނެވި ޓީޝާޓް އަގުބޮޑުކަމަށްވަނީއެވެ.

އެގޮތުން އޮންލައިން ވެބްސައިޓެއްކަމަށްވާާ ބުއިމާއިން ފެންނަ ގޮތުގައި މި ޓީޝާޓުގެ އަަގަކީ 734 ޑޮލަރު ނުވަތަ 11،318ރުފިޔާއެވެ. ހަމަ މި ވައްތަރުގެ ޓީޝާޓްގެ ނަކަލު ޗައިނާގެ މަޝްހޫރު އީކޮމާސް ވެބްސައިޓްކަމަށްވާ އަލީބާބާާއިންވެސް ލިބެން އެބަހުއްޓެވެ. އަލީބާބާއިން މީގެ ޓީޝާޓެއް ލިބެން ހުރީ 21.51 ޑޮލަރު ނުވަތަ 332 ރުފިޔާއަށެވެ.

ނަމަވެސް ދައުލަތުގެ މިނިސްޓަަރަކު ފޭކް ޓީޝާޓެއްލުމަކީ އާންމުގޮތެއްގައި ހިނގާ ކަމެއް ނޫނެވެ. މީގެ ކުރިންވެސް މަޚުލޫފް ތުރުކުރެއްވި ގަމީހެއްގެ އަގަށް ސަމާލުކަން ލިބިވަޑައިގަތުމުން އެބޭފުޅާ ވަނީ އެ ގަމީސް ގަތީ އާ އަހަރުގެ ސޭލްއަކުންކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން އެގަމީހުގެ ޚަބަރު މި ނޫހުން ލިއުމުން މިނިސްޓަރ މަޚުލޫފް މަތިކުރެއްވި އެންމެ ބޮޑު ޝަކުވާާއަކީ އެކަމުގައި އެބޭފުޅާގެ ކޮމެންޓެއް ނުހޯއްދަވާ އެ ޚަބަރު ޖެހުމުންނެވެ. 

އެހެންކަމުން މިފަހަރު އެމަނިކުފާނުގެ ބަހެއް މި ޓީޝާޓާއި މެދު ހޯދާލުމަށް ވާނީ މަސައްކަތްކޮށްފައެވެ. ދައުލަތުގެ އިސް ބޭފުޅަކު އަގުބޮޑު އެއްޗެހިލުމުން، އެކަމާާއި މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީއެވެ. އެއީ ކުރީ ސަރުކާރުގައި ނުކުރާ ކަމެއްކަމަށް ބުނެއެވެ. ނަމަވެސް ކުރީ ސަރުކާރުގައި މާބޮޑަށް ސްޓަައިލިޝް މިނިސްޓަރުން އުޅުއްވި ހަނދާނެއްވެސް ނުވެއެވެ.

މި ޓީޝާޓުގެ އަގު ހޯދާލުމަށް މިިނިސްޓަރ މަޚުލޫފާއި ޔޫތު މިނިސްޓްރީގެ މީޑިޔާ އޮފިޝަލްގެ އަރިހުން ސުވާާލުކުރުމުންވެސް، އެދެފަރާތުންވެސް ޖަވާާބެއް ދީފައެއް ނުވެއެވެ.

Advertisement

ކޮމެންޓް