Advertisement

ރައީސް ޔާމީން ފުލުހަށް ހާާޒިރުކުރެވުނީ މިހާރުވެސް ޝަރީއަތް ކުރަމުންދާ މައްސަލައަށް: ޑރ.ޖަމީލް

27 Feb 2020 | 19:05

މިއަދު މެންދުރުފަހު ކުރީގެ ރައީސް އަބްދުﷲ ޔާާމީން ފުލުހަށް ހާޒިރުކުރެވުނީ މިހާރުވެސް ޝަރީއަތް ހިނގަމުންދާާ މައްސަލައެއްގެ ތަހުގީގަށްކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެެވެ.

ފުލުހުންގެ އިދާރާގެ ބޭރުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖަމީލް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުކުރެވުނީ އެމްއެމްޕީއާރްސީގެ މައްސަލަ އޮއްބާލުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުގައި ކަމަށެވެ. ޑރ.ޖަމީލް ވަނީ އެ މައްސަލައަކީ މިހާާރުވެސް ޝަރީއަތް ހިނގަމުންދާ މައްސަލައެއްކަން ފާހަގަކުރައްވާފައެވެ.

ޑރ.ޖަމީލް ތުހުމަތުކުރެއްވި ގޮތުގައި މިގޮތަށް އަމަލުކުރަމުންދަނީ އެ މައްސަލައިގައި ހިމެނޭ އަސްލު މީހުންގެ މައްސަލަތައް އޮއްބާލުމުގެ ނިޔަތުގައެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަަރ އަބްދުﷲ ޒިޔަތުގެ މައްސަލައަށް ފަސް އަޅާލުމަށް މަސައްކަތްކުރަމުންދާކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި އެކަމާއި މެދު ކަންބޮޑުވާކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

އަދި ރައީސް ޔާމީންގެ މައްސަަލަ ބަލަމުންދަނީ ސިޔާސީ ގޮތުން ގައުމު ހަލަބޮލިކުރުމުގެ މަގްސަދުގައިކަމަށް ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅީ އެމަހުގެ 30 ގައެވެ.

އެމަނިކުފާާނުގެ މައްޗަށް ހުކުމް ކުރީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު، އެސްއޯއެފް ކުންފުނި މެދުވެރިކޮށް އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރިކަން ސާބިތުވެގެންނެވެ.

އިސްތިއުނާފުގެ މަރުހަލާ ފުރިހަމަވަންދެން ކަފާލަތުގެ ދަށުން ދޫކޮށްދިނުމަށް ނުވަތަ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެމަނިކުފާނު އެދިވަޑައިގަތުން ކަފާލާތު ހަމަޖައްސައިދެވެން ނެތް ކަމުގައި ނުވަތަ ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއްވެސް ނެރެވެން ނެތް ކަމުގައި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމާފައެވެ.

Advertisement

ކޮމެންޓް