ޕީޕީއެމްގެ މެޖޯރިޓީ އޮތް އެއްވެސް ކައުންސިލަކުން ސަރުކާާރަށް ހުރަސްނާޅާނެ: ޕީޕީއެމް

29 Feb 2020 | 00:05

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ މެޖޯރިޓީ ލިބޭ އެއްވެސް ކައުންސިލަކުން ސަރުކާރަށް ހުރަސް ނާޅާނެކަމަށް ބުނެފިއެވެ.

އެޕާޓީން މިހެން ބުނެފައިވަނީ މިރޭ ކުރިއަށްގެންދިޔަ މަގޭރާއްޖެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްއިން ބޭނުން ކުރާނެ ފަސް ސިޔާސަތެއް ހާމަކުރަމުންނެވެ. މި ސިޔާސަތުތައް ހާމަކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުއާާޒް މުހައްމަދު ރަޝީދެވެ.

މުއާޒް ވިދާޅުވީ މިއިންތިޚާބުގައި ޕީޕީއެމުން އެންމެ ފުރަތަމަ ބަލާނީ އިސްލާމްދީން ކުރިއެރުވުމަށް ކަމަށާއި، އެގޮތުން ހުރިހާ ސިޓީއެއްގައި ބަންގީގެ އަޑު ގުގުމިގެން ދާނެކަމަށެވެ. އަދި އެ ޕާޓީން ދެވަނަ ސިޔާސަތެއްެގެ ގޮތުގައި ރާއްޖޭގެ މިނިވަންކަން ދެެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް މުއާޒް ވިދާޅުވިއެވެ.

މީގެ އިތުުރުން ރައީސް ޔާމީން ދެއްވި އިރުޝާދާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންގޮސް، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ޕީޕީއެމްގެ ކައުންސިލްތަކުން މަސައްކަތް ކުރާނެކަމަށް މުއާޒް ވިދާޅުވިއެވެ. އެބޭފުޅާ ފާހަގަކުރެއްވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަން ނިމުމަށްފަހު ރާއްޖޭގެ އިގްތިސާދީ ހާލަތު ވަނީ ގޯސްވާން ފަށާފައެވެ.

ޕީޕީއެމްއިން މި އިންތިޚާބުގައި ގެންގުޅޭނެ ފަސްވަނަ ސިޔާސަތަކީ ސިޔާސީގޮތުން ތަހުޒީބު ކައުންސިލްތަކެއް ގާއިމް ކުރުމެވެ. އެގޮތުން އެޕާޓީގެ މެޖޯރިޓީ އޮންނަ އެއްވެސް ކައުންސިލަކުން ތަރައްގީއަށް ހުރަސްއަޅައި، ސަރުކާރުގެ މަސައްކަތްތައް ހުއްޓުވަން މަސައްކަތް ނުކުރާނެކަމަށް މުއާޒް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް