އިންޑިޔާއިން އަބަދުވެސް ރާއްޖޭގެ އިސްތިޤްލާލަށް އިހުތިރާމްކުރޭ: ރައީސް ނަޝީދު

29 Feb 2020 | 21:47

އިންޑިޔާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އިސްތިގްލާލަށް އިހުތިރާމްކުރާ ގައުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިޔާގެ ގުޖުރާތު ސްޓޭޓްގައި ކުރިއަށްދާ ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިޔާގެ އެއްވެސް އަަމަލަކުން ދިވެހިރާއްޖެއާއި އެގައުމުގެ އަވައްޓެރި އެއްވެސް އެހެން ގައުމަކަށް ބިރުވެރިކަމެއް ކުރިމަތިވެދާނެ ގޮތެއް އެނގިވަޑައި ނުގަންނަވާކަމަށެވެ. އަދި އެގައުމަކީ އަބަދުވެސް ރާއްޖޭގެ އިސްތިގްލާލަށް އިހުތިރާމްކޮށް، ދިވެހިރާއްޖެއަކީ ނިސްބަތުން ކުޑަ ގައުމެއް ކަމުގައިވިޔަސް އެއްހަަމައެއްގައި މުއާާމަލާތްކުރި ގައުމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވަނީ މިއަދު އިންޑިޔާ ކަނޑަށް އާ ބޮޑުބާރެއްގެ ގޮތުގައި ޗައިނާ އަންނަމުންދާކަން ފާހަގަކުރައްވާފައެވެ.

އެމަނިކުފާާނު ވިދާޅުވީ ޗައިނާއިން އިންޑިޔާ ކަނޑުގެ ރަށްތަކާއި މެދު އަމަލުކުރަމުންދަނީ އިންޑިޔާއިން އަމަލުކުރި ބީދައިން ނޫންކަމަށެވެ. އެގޮތުން އިންޑިޔާއިން މަޝްރޫއުތައް ހިންގަނީ ދެފުށް ފެންނަފަދަ ގޮތަކަށް ކަމަށާއި، އެގައުމުން ހިންގާ މަޝްރޫއުތަކަކީ ދަރަނީގެ ދަންތުރަތަކެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement