Advertisement

ކޮވިޑް-19އާއި ގުޅިގެން އިގްތިސާދީގޮތުން ބޮޑެތި ގެއްލުންތަކެއް ދިމާާވާނެ: ރައީސް ޞާލިހް

12 Mar 2020 | 17:36

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާއި ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ގައުމާާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މި ވައިރަހާއި ގުޅިގެން އިގްތިސާދީގޮތުން އެންެމެ ބޮޑު އަސަރެއް ކުރާނެ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަމަށް ބައިނަލްއަގްވާާމީ ކަމާއިބެހޭ އިދާރާތަކުން ބުނެފައިވާ ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ހިއްސާކުރާ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްފައިވާ ލޮޅުން ފާހަގަކޮށް އެމަނިކުފާނު ވިދާޅުވި ގޮތުގައި ޖެނުއަރީ 26 އިން ފެށިގެން 160،000 އަށް ވުރެ ގިނަ ބުކިންގ ވަނީ ކެންސަލްވެފައެވެ.

އަދި މިމަހުގެ ފުރަތަމަ ދިހަ ދުވަހުގައި ދިވެހިރާއްޖެއަށް އައި ފަތުރުވެރިން، މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 22.8 އިންސައްތަ ދަށްވެފައިވާާކަމަށް އެމަނިކުފާާނު ވިދާޅުވިއެވެ.

 މިއާއި ގުޅިގެން މިއަހަރުގައި ރާއްޖެއަށް އަންނާާނެ ފަތުރުވެރިންގެ ނިސްބަތް 12-35 އިންސައްތައަކާއި ދެމެދުގެ މިންވަރަކަށް ދަށްވާނެކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ މިއަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާނެ މިންވަރަކީ 7.5އިންސައްތަކަމަށް ލަފާ ކުރެވިފައި ވާނަމަވެސް، އެ މިންވަރު މިހާރު 0.5އާއި -1.5އަށް ވެއްޓިފައިވާ ކަަމަށެވެ. މި ބަދަލުގެ ސަބަބުން މި އަހަރު އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާއާ ދެމެދުގެ މިންވަރެއް ދަށްވާނެކަމަށް ލަފާ ކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް