ޑްރީމްލޭންޑް މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ބިދޭސީއަކު ފެނިއްޖެ

14 Mar 2020 | 14:04

ބ.އަތޮޅުގައި ހިންގާާ ޑްރީމްލޭންޑް މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ބިދޭސީއަކު ފެނިއްޖެއެވެ.

އެޗްޕީއޭއިން ބުނީ އެޗްޕީއޭއިން ބުނީ ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން ޑްރީމްލޭންޑް މޯލްޑިވްސްއިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

‏ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހާ ރިސޯޓުގައި އެކަހެރިކުރެވިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެ ރިސޯޓް މޮނީޓަރިންގގެ ހާލަތަކަށް ލެވިފައިވާކަމަށް ވަނީ ފާހަގަކޮށްފައެވެ.

Advertisement

ކޮމެންޓް