ކުރެއްދޫ އިން އިތުރު މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

14 Mar 2020 | 13:34

ކުރެއްދޫ އައިލެންޑް ރިސޯޓުން އިތުރު މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ އެ ރިސޯޓްގައި ހެދުނު ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން ހޯދުނު ދިހަ މީހެއްގެ ނަތީޖާ ޓެސްޓް ކުރެވުނު އިރުގައި، އޭގެ ތެރެއިން އެކަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާާ ކަމަށެވެ. އަދި ބާކީ ނުވަތަ މީހުން ކޮވިޑް-19 އަށް ވަނީ ނެގެޓިވްވެފައެވެ.

މި ވައިރަހަށް ޕޮޒިޓިވްވި މީހާ ފަރުކޮޅުފުއްޓަށް އެކަހެރިކުރުމަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މިއާއި އެކު ދިވެހިރާއްޖޭގައި މި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ ދިހަޔަކަށް އަރާފައެވެ.

އެއީ އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓްގެ އެއް ކޭސްއާއި، ޅ.ކުރެއްދޫ އައިލެންޑް ރިސޯޓުން ފެނުނު ފަސް ކޭސްއާއި ސޭންޑީސް ބަތަލާ ރިސޯޓުން ފެނުނު ދެ ކޭސް އަދި ކުރަމަތި މޯލްޑިވްސް އިން ފެނުނު ދެ ކޭސްއެވެ.

މި ހުރިހާ ފަރާތްތަކަކީވެސް ބިދޭސީންކަން ފާހަގަކޮށްލެވެއެެވެ

Advertisement

ކޮމެންޓް

Advertisement