ދުބާއީ ފުލުހުން އުދުހޭ ސައިކަލު ދުއްވަން ފަރިތަކުރަން ފަށައިފި

08 Nov 2018 | 17:26

ދުބާއީ ފުލުހުން އުދުހޭ ސައިކަލު ދުއްވުމަށްޓަކައި ކުރަންޖެހޭ ފަރިތަކުރަން ފައްޓައިފިއެވެ.

މިކަމައި ގުޅޭ ގޮތުން ދުބާއީ ފުލުހުންގެ އާޓިފީޝަން އިންޓެލިޖެންސް ޑިޕާޓްމެންޓުގެ ޖެނެރަލް ޑިރެކްޓަރ ހާލިދް ނަސޭރް ބުނީ މި އުދުހޭ ސައިކަލުތައް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އުނދަގުލުން ދެވޭ ސަރަހައްދުތަކަށް ދަތުރުކުރާ ފަސްޓް ރެސްޕޮންޑާއެއްގެ ގޮތުގައި ކަމަށެވެ.

މިވަގުތު މި އުދުހޭ ސައިކަލު ދުއްވަން ފަރިތަކުރަމުން ދަނީ ދެ ފުލުހުން ކަމަށާއި ކުރިއަށް އޮތްތަނުގައި މި އަދަދު އިތުރުކުރާނެ ކަމުގައިވެސް އޭނާ ހާމަކުރިއެވެ.

އުދުހޭ ސައިކަލުތައް އުފައްދާ ކުންފުނީ ކަމަށްވާ ސެގޫރާ-ކޮންގެ ސީއޯއޯ ބުނީ ދުބާއީ ފުލުހުންނަށްވަނީ މި ސައިކަލުތައް ބޭނުން އަދަދަކަށް އޯޑަރު ކުރުމުގެ އެކްސްކުލޫސިވް ރައިޓްސް ދީފަ ކަމަށެވެ.

ފުލުހުންގެ އިދާރައިގަ ނޫޅުނު ކަމުގައި ވިއަސް 150،000 ޑޮލަރަށް މީގެ އުދުހޭ ސައިކަލެއް ގަތުމުގެ ފުރުސަތު އާންމުންނަށްވެސް އެބޯތެވެ. ނަމަވެސް އެމިހަކަށް މީގެން ސައިކަލެއް ގަނެވޭނީ އެ ގެންގުޅެން އިނގޭކަން ކަށަވަރު ކުރުމަށް ފަހުގައިކަމަށް ސެގޫރާ-ކޮންއިން މައުލޫމާތުދެއެވެ.

Advertisement

ކޮމެންޓް