Advertisement

މެލޭޝިޔާއިން ދިވެހިންނަށް ރާއްޖެއަށް އާދެވޭނެ، އެކަމަކު ކަރަންޓީން ކުރާނެ!

26 Mar 2020 | 02:51

މެލޭޝިޔާގައި ދިރިއުޅެމުންދާ ދިވެހިންނާާއި އެގައުމު މެދުވެރިކޮށް ދަތުރުކުރާ ދިވެހިންނަށް ދިވެހިރާއްޖެއަށް އާދެވޭނެކަަމަށް ބުނެފިއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން މެލޭޝިޔާއިން ދިވެހިންނާއި ދިވެހިންނާއި އިނދެގެން އުޅޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ދިވެހިރާއްޖެއަށް ނާާދެވޭނެކަމަށެވެ.

މިގޮތަށް ނިންމާފައިވަނީ އެގައުމުގައި ކޮވިޑް-19 ބާރު މިނެއްގައި ފެތުރެމުން ދިއުމާާއި ގުޅިގެން މީހުން ހެލިފެލިވެ އުޅުން ހުއްޓުވުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުން، ގިނަ އަދަދެއްގެ ދިވެހިން ދިވެހިރާއްޖެއަށް އައުމަށް މަސައްކަތް ކުރަމުންދިޔަ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ. ވޮއިސްއަށް އެނގިފައިވާ ގޮތުގައި މިރޭގެ ވަގުތެއްގައި މެލޭޝިޔާއިން ރާއްޖެެއަށް އަންނަން އޮތް އެއާ އޭޝިޔާގެ ފްލައިޓެއްވެސް ވަނީ ކުއްލި ގޮތަކަށް ކެންސަލް ކޮށްފައެވެ.

މިއާއި އެކު އެގައުމުން ރާއްޖެއަށް އަންނަން ބޭނުންވި ގިނަ ދިވެހި ކިޔަވާ ކުދިންނަށް ވަނީ އެ ފުރުސަތު ގެއްލިފައެވެ.

މިކަމާއި ގުޅިގެން އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން މެލޭޝިޔާއިން އަންނަ ދިވެހިން 14ދުވަހުގެ މުއްދަތަކަށް ކަރަންޓީން ފެސިލިޓީއަކަށް ލާާނެކަމަށެވެ. 

Advertisement

ކޮމެންޓް