ފަސްހާސް ރުފިޔާގެ ޕެކޭޖާއެކު ހިތާާނީ މޫސުމަށް ޓްރީޓޮޕް ތައްޔާރުވެއްޖެ

10 Nov 2018 | 18:38

މިއަހަރުގެ ސްކޫލް ބޮޑު ޗުއްޓީ ދުވަސްވަރުގައި، ހިތާނުކުރަން އެދޭ ކުދިންނަށް ވަރަށް ޚާއްސަ ޕެކޭޖްތަކަކާއި އެކު ޓްރީޓޮޕް ހޮސްޕިޓަލުން ހިތާނީ މޫސުމަށް ތައްޔާރުވެއްޖެއެވެ.

ހުޅުމާލޭގައި ހިންގަމުންދާ ޓްރީޓޮޕް ހޮސްޕިޓަލުން މި ފަހަރުގެ ހިތާނުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޚާއްސަ ޕެކޭޖެއްގެ ދަށުންނެވެ. އެއީ ޑޮކްޓަރުންނަށް ދެއްކުމާއި ، ލެބޯޓަރީ ޓެސްޓްތައް ހެދުމާއި، ހިތާނު ކުރުމާއި ގުޅިގެން ބޭނުންވާ ބޭހާއި، ޕްރޮޕެޝަނަލް އެހީގެ ފީއާއި، ލުއިކާނާ އަދި ހިތާނުކޮށް ނިމިގެން ދޭންޖެހޭ ފަރުވާވެސް ހިމެނޭ ޕެކޭޖެއް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މި ޕެކޭޖްގެ އަގަކީ 5000 ރުފިޔާއެވެ. 

ޓްރީޓޮޕްގެ ހާއްސަ ހިތާނީ ޕެކޭޖްގެ އަގު ކަނޑައެޅިފައިވަނީ އާސަންދަވެސް ހިމެނޭގޮތަށެވެ.

މި ފަހަރުގެ ހިތާނީ މޫސުމުގައި ޓްރީޓޮޕްގައި ހިތާނީ އޮޕަރޭޝަންތައް ކުރެއްވުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ޑރ. އަބްދުﷲ އުބައިދެވެ. ޑރ. އަބްދުﷲ އުބައިދަށް އެހީވުމަށް ތަޖުރިބާކާރު ނަރުހުންނާއި ހޭނައްތާ ޑޮކްޓަރުންގެ ޓީމެއް ކަނޑައެޅިފައިވާކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މި ޕެކޭޖްއާއި ގުޅޭ އިތުރު މައުލޫމާތުތައް ހޯދުމަށާއި، ބުކިންގް ހެއްދުމަށް އެ ހޮސްޕިޓަލްގެ ނަންބަރު 3351610 އަށް ގުޅުމަށް އެ ފަރާތުން އެދެއެވެ.

Advertisement

ކޮމެންޓް