Advertisement

މި ކުދިން އެދެނީ ލޯބިވާ މަންމައަަށް އެހީގެ އަތެއް ދިއްކޮށްލުމަށް!

24 Mar 2020 | 17:32

މާާތްﷲ ސުބުހާނަހޫ ވަތައާލާ ކޮންމެ އިންސާނަކުވެސް މި ދުނިޔެއަށް ފޮނުއްވަނީ ފިތުރަތުގެ ސާފުތާހިރުކަން މަތީގައެވެ. ވިހެއި ދުވަހުން ފެށިގެން ކޮންމެ އިންސާނަކުވެސް އަމިއްލަ ފައިމައްޗަށް ތެދުވެވެވެން ދެން ބޭނުންވާނީ މައިވަންތަކަމުގެ ލޯތްބާއި ކުލުނެވެ. އެކަން ހާސިލްކޮށްދިނުމަށް ރެޔާާއި ދުވާލު ހޭހަންކުރާާ އެތައް މަންމައެއް މި ދުނިޔެމަތީގައިވެއެވެ.

މިއަދު މި ގެނެސްދެނީ އެފަދަ މަންމައެއްގެ ވާހަކައެވެ. ފަސް ދަރިން ބަލާ ބޮޑުކުރުމަށްޓަކައި އެތަކެއް ގުރުބާނީތަކެއް ވެފައިވާ މަންމައަކަށްޓަކައި މިއަދު ދަރިން ކުރަމުންދާާ އާދޭހުގެ ވާހަކައެވެ.

އުމުރުން 53އަހަރުގެ ހަބީބާ މޫނިސްއަކީ 2012 ވަނަ އަހަރުން ފެށިގެން ދެކިޑްނީ ފެއިލްވެ، ކްރޮނިކް ކިޑްނީ ބަލީގެ ފަސްވަނަ ސްޓޭޖް ތަހައްމަލް ކުރަމުންދާ ފަރާތެކެވެ. ވޮއިސްއަށް މައުލޫމާތުދިން ހަބީބާގެ އާއިލާގެ ފަރާތަކުން ބުނި ގޮތުގައި ހަބީބާގެ ކިޑްނީ ބައްޔަކީ ދާއިމަށް ބޭސްފަރުވާާ ކުރަން ޖެހިފައިވާ ކަމެކެވެ. ސަބަބަކީ ކިޑްނީގެ ޓްރާާންސްޕްލާންޓް ކުރި ނަމަވެސް، އާންމު ދިރިއުޅުމެއް އުޅެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ދެވެން ނެތްކަމަށް ޑޮކްޓަރުންވެސް ބުނެފައިވާތީއެވެ.

އެހެނަސް ހަބީބާގެ ބޭސްފަރުވާގެ ކަންތައްތަކުން އޭނާގެ ދަރިން އެއްވެސް ހާލަތެއްގައި އުންމީދު ކަނޑައެއް ނުލައެވެ. ހަބީބާގެ ބޭސްފަރުވާއަށް އާއިލާާއިން ގިނަ ކަންތައްތަކެއް ކުރަމުންދާއިރު، އެކަމަށް އާންމުންގެ ދީލަތި އެހީއަކަށް އޭނާގެ ކުދިން އެދެއެވެ. ހަބީބާގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުން ދާއިރު، އޭނާގެ އާއިލާާގެ މާާލީ ތަނަވަސްކަން ނެތުމުން އެންމެ ބޭނުންވާާ މިންވަރަށް ފަރުވާދޭންވެސް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

އެހެންކަމުން އެ ކުދިން މިއަދު އެދެނީ ލޯބިވާ މަންމައަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަ ދިނުމަށެވެ. ކިތަންމެ ކުޑަ އެހީއަކުންވެސް ހަބީބާގެ ވޭނަށް ކުޑަ ނަމަވެސް ލުޔެއް ލިބިދާނެތީއެވެ. ހަބީބާގެ ދަރިން އެދެނީ އެކުދިންގެ ލޯބިވާ މަންމައަށް އާންމުންގެ ހެޔޮ ދުއާއެވެ. ދީލަތި އެހީއެވެ.

ވޮއިސްގެ ޓީމްގެ ފަރާތުން ހަބީބާއަށް އަވަސް ޝިފާއަކަށް އެދެމެވެ.

ހަބީބާއަށް އެހީވުމަށް ބޭނުންވާާ ފަރާތްތަކުން އެހީވާނެ އެކައުންޓް ނަންބަރު: 7701126971101

އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ: 9997907، މުހައްމަދު ހުޝާމް އިސްމާއިލް (ހަބީބާގެ ފިރިހެން ދަރިފުޅު)

Advertisement

ކޮމެންޓް