Advertisement

އައްޑޫއިން ކޮވިޑް-19 އަށް ޓެސްޓްކުރި މީހުން ނެގެޓިވް!

31 Mar 2020 | 15:23

ކޮވިޑް-19އަށް ޝައްކުކުރެވިގެން އައްޑޫ ސިޓީން ޓެސްޓްކުރި ތިން މީހުންގެ ނަތީޖާވެސް ނެގެޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ‏ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އައްޑޫ ސިޓީ އިން ޓެސްޓްކުރި 3 ދިވެހިންގެ ސާމްޕަލްގެ ނަތީޖާ ވަނީ ނެގެޓިވް ވެފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ތެރޭގައި މިމަހުގެ 15ވަނަ ދުވަހުގައި އިންޑިއާގެ ކޮޗިންއިން އައުމަށްފަހު، ބަލީގެ އަލާމާތްތައް ހުރެ ކުރިން އެންގުމަކާއި ނުލައި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަަލަށް ދައްކަން ދިޔަ މީހެއް ހިމެނެއެވެ. އޭގެ ސަބަބުން އެތަނުގައި މަސައްކަތްކުރާ ޑޮކްޓަރާއި ނަރުހެއްގެ ކައިރީގައި ވަނީ އައިސޮލޭޓްވާން އަންގާފައެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ޖުމްލަ 18 މީހުންނެވެ. އޭގެ ތެރޭގައި ތިން ދިވެހިން ހިމެނެއެވެ. އެ ތިން ދިވެހިންނަކީވެސް ޔޫކޭއިން އައި މީހުންނެވެ.

Advertisement

ކޮމެންޓް