ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ކަމާބެހޭ ވަޒީރު އިސްތިއުފާ ދީފި

10 Nov 2018 | 06:53

މިދިޔަ ހުކުރު ދުވަހު ކުވެއިތުގަ ދިމާވި ފެންބޮޑުވުމުގެ ހާދިސާތަކައި ގުޅިގެން ޕަބްލިކް ވޯކްސް މިނިސްޓަރ ހޮސާމް އަބްދުﷲ އަލް ރޫމީ އިސްތިއުފާ ދެއްވައިފިކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފިއެވެ.

އިސްތިއުފާ ދެއްވަމުން ހޮސާމް ދެއްވި ބަޔާނުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އާންމުނަށް ކުރިމަތިވި އުނދަގުލައި، ތަކެއްޗާއި މުދަލަށް ލިބުނު ގެއްލުންތަކާހުރެ ހިތާމަކުރާ ކަމަށެވެ. ގައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް ވޯކްސްއައި ހަވާލުވެހުރެ އަދާކުރަން ޖެހޭ ޒިންމާ އަދާކުރުމަށް އަބަދުވެސް ސަމާލުކަން ދިން މީހެއްގެ ގޮތުގައި އެންމެނަށްވެސް އޭނާ އެނގޭނެކަމަށްވެސް އޭނާ ބުންޏެވެ.

ތަރައްގީގެ މަސައްކަތްތަށް ކުރިއަށް ގެންދިއުމަށް ހިތްވަރާއެކު މަސައްކަތްކޮށް، ދައުލަތުގެ ފައިސާ ރައްކާތެރިކަމާއެކު ބަލަހައްޓާ، ކޮރަޕްޝަނައި ދެކޮޅަށް ހަނގުރާމަށް ގައުމުގެ އެންމެ އިސްވެރިންގެ ލަފަޔާ އިރުޝާދުގެ ދަށުން މަސައްކަތްކޮށްފައިވާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ކުވެއިތުގެ ރައީސްއަށް އޭނާގެ އިސްތިއުފާ ހުށަހެޅީ އަދާކުރަން ޖެހޭ ފަރުދީ ޒިންމާ އަދާ ނުކުރެވުމުން ކަމަށްވެސް އޭނާގެ ބަޔާނުގައިވެއެވެ.

ފެން ބޮޑުވުމުގެ ސަބަބުން ކުވެއިތުގެ މަގުތަކައި އެތައް ގެތަކެއްވަނީ ފެނުއަޑީގައެވެ. މިހާދިސާއައި ގުޅިގެން މީހަކު މަރުވިކަމަށް އަދި ރިޕޯޓް ކުރެވިފައެއް ނުވެއެވެ. 

Advertisement

ކޮމެންޓް

Advertisement